ރަސްމީ ދަތުރުފުޅެއްގައި ހަންގޭރީގެ ފޮރިން އެންޑް ޓްރޭޑް މިނިސްޓަރު ޕީޓާ ސްޒިޖާޓޯ ރާއްޖެ ވަޑައިގެންފިއެވެ.

ސިޖާޓޯ ރާއްޖެ ވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދައުވަތަކަށެވެ.

މި ދަތުުރުފުޅުގައި ސްޒިޖާޓޯ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާ ބައްދަލުވުމެއް ބާއްވާނެއެވެ.

ރަސްމީ ބައްދަލުވުންތަކާއި މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭން ހަންގޭރީއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު ބާއްވަވާ ހާއްސަ ހަފްލާއެއް ވެސް މިއަދު މެންދުރުފަހު ކުރުނބާ މޯލްޑިވްސްގައި އޮންނާނެއެވެ.

މި ހަފްލާގައި ވެސް ހަންގޭރީގެ ފޮރިން މިނިސްޓަރުގެ އިތުރުން ސަރުކާރު އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ ވެެރިން ބައިވެރިވެލައްވާނެއެވެ.

ދެ ގައުމުގެ ގުޅުމަށް 47 އަހަރުވެފައިވާއިރު މިއީ ހަންގޭރީގެ މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.