09 Nov 2022, 10:44
ނެޓްފްލިކްސް އިން ގެނެސްދިން ރަޔަން މާފީގެ ދެ ޝޯ ކަމަށްވާ 'ދަ ވޮޗާ' ދެވަނަ ސީޒަނަކަށް އަދި 'ޑާމާ – މޮންސްޓާ: ޖެފްރީ ޑާމާ ސްޓޯރީ' އަށް އިތުރު ދެ ސީޒަނެއް ގެންނަން ނިންމައިފިއެވެ.
އެންޓަޓެއިންމަންޓް ވީކްލީ އިން ރިޕޯޓުކޮށްފައިވާގޮތުގައި، 'ދަ ވޮޗާ'ގެ ސީޒަން ދޭއްގެ މަސައްކަތް ފަށާނެއެވެ. މި ސީރީޒްއަކީ އައު ގެއަކަށް ބަދަލުވާ އާއިލާއަކަށް ލިބޭ ސިޓީތަކެއްގެ ސަބަބުން ދިމާވާ ބިރުވެރި ކަންތައްތަކެއްގެ މަައްޗަށް ބިނާކޮށް އުފައްދާފައިވާ ސަސްޕެންސް ތުރިލާ އެކެވެ. މި ސީރީޒްގައި ލީޑް ތަރިންގެ ގޮތުގައި ފެނިފައިވަނީ ނަައޮމީ ވޮޓްސް އާއި ބޮބީ ކަނަވެލްއެވެ. މިއީ ގޮތް ނޭނގޭ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުދައްދާފައިވާ ސީރީޒެކެވެ.
މީގެ އިތުރުން، ރަޔަން މާފީ އުފެއްދި 'ޑާމާ – މޮންސްޓާ: ޖެފްރީ ޑާމާ ސްޓޯރީ' އެންތޮލޮޖީ ސީރީޒެއްގެ ގޮތުގައި އައު ތަރިން ހިމަނައިގެން ގެނެސްދޭނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޖެފްރީ ޑާމާ ސީރީޒް މިއަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރުމާއެކު ގިނަ ބަޔަކު ވަނީ މި ސީރީޒް ބަލާ އެންމެ ގިނަ މީހުން ބެލި ސީރީޒްތަކުގެ ތެރޭގައި ހިމެނިފައެވެ. ގާތިލެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މި ސީރީޒްގައި އޭނާގެ ކުޑައިރުގެ ދިރިއުޅުމުން ފަށައިގެން ދައްކުވައިދެއެވެ. އަދި މިއީ އެމެރިކާގެ އެންމެ ގިނަ ބަޔަކު ދަންނަ ސީރިއަލް ކިލާތަކުގެ ތެރެއިން އެކަކު ކަމަށްވެސް ވެއެވެ.
ނެޓްފްލިކްސް ގްލޯބަލް ޓީވީގެ ހެޑް ބެލާ ބަޖަރިއާ ބުނިގޮތުގައި 'ޖެފްރީ ޑާމާ' ސީރީޒް އާއި 'ދަ ވޮޗާ' ގިނަ ބަޔަކު ބަލާފައިވެއެވެ. އަދި މި ފިލްމުގެ ކްރިއޭޓިވް ޓިމަކީ މުޅި ދުނިޔޭގެ އޯޑިއަންސް ހިފެހެއްޓުމުގައި ފާހަގަކޮށްލެވޭ ބައެއް ކަމަށްވެއެވެ.