Last Updated:
3 year 3 week ago

ފޯޅަވަހި މައްސަލައިގައި ސިޔާސަތު ބަދަލު ކުރުމުގެ އެއްވެސް ކަމެއް ނުހިނގާ: ޝާހިދު

    ބުލޮގު ޚުލާސާ

    މި ބައްދަލުވުން ބާއްވަނީ ފޯޅަވަހީގެ މައްސަލައިގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވަނީ، އެ މައްސަލައިގައި ރާއްޖެއިން މީގެ ކުރިން ދެކެމުން އައި ގޮތް ބަދަލުކޮށް، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ގޮތަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓު ދޭން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

    21:59

    ފޯޅަވަހި މައްސަލައާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދާއި އޭޖީ ރިއްފަތު ދެއްވި ޕްރެސް ކޮންފަރެންސްގެ ލައިވް ކަވަރޭޖް ނިމުނީ.

    21:56

    ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ، އެފަދަ ލިޔެކިޔުންތައް ދޫކުރަން އޮންނަ ގާނޫނީ އުސޫލެއްގެ ތެރެއިން ދޫކުރާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި

    މިނިސްޓަރު އަބްދުﷲ ޝާހިދު

    އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގަ ކުރީގެ ސަރުކާރުން، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތައް ވިއްކާލުމަށް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހުތަކެއް، ބަދަލުތަކެއް ގެންނެވި. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި އެއް ކަަމަކީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެއްވެސް ބަޔަކަށް ވިއްކާނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރެއްވުން
    21:29

    ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމުގެ ބަދަލެއްގެ ގޮތުން މޮރިޝަސްއަށް އެއްވެސް ކަމެއް ކޮށްދޭނެ ކަމަށް ރައީސްގެ ސިޓީފުޅުގައި ލިޔުއްވާފައި ނުވާނެ ކަމަށް ޝާހިދު ވިދާޅުވި

    21:27

    އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަކީ ކޮންޓިނެންޓަލް ޝެލްފްގެ މައްސަލަތައް ބެލުމުގެ ހާއްސަ މާހިރުން ތިބި ޓްރައިބިއުނަލެއް ނޫން ކަމަށް ރިއްފަތު ވިދާޅުވިއެވެ. ނަމަވެސް އދ.ގައި އެކަމަށް ހާއްސަ ކޮމިޝަނެއް އޮތް ކަމަށާއި އެ ކޮމިޝަނުގައި ކަމާ ބެހޭ، ސައިންސްގެ ތަހުލީލުތައް ކުރާ ހާއްސަ ފަރާތްތައް ހިމެނޭ ކަމަށް އޭޖީ ވިދާޅުވި.

    އެޓާނީ ޖެެނެރަލް އިބްރާހީމް ރިއްފަތު

    ބައިނަލްއަގުވާމީ ކަނޑުގެ މުއާހަދާގަ ކޮންމެ ގައުމަކަށް ވެސް އެބަ ފުރުސަތުތަކެއް ލިބިދޭ ކޮންޓިނެންޓަލް ޝެލްފް ކްލެއިމް ކުރަން، އެ މުއާހަދާގައި ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި. އާންމު އުސޫލަކީ 10 އަހަރު އެހެންނަމަވެސް އެއަށް އިސްތިސްނާތަކެއްވެސް ލިބިދީފައިވޭ. މޮރިޝަސްއިން ބައިނަލްއަގުވާމީ ކަނޑުގެ މުއާހަދާ ތަސްދީގުކޮށް އަމަލު ކުރަން ފައްޓާފަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ 4 ނޮވެމްބަރު 1994ގަ. އެހެންވީމަ އެ ތާރީހުން ފަށައިގެން ބަލާއިރުގަ މުއާހަދާގަ ބުނާ މުއްދަތު ވަނީ ފާއިތުވެ ގޮސްފަ. އެހެންވީމަ އެއްވެސް ހާލެއްގަ މޮރިޝަސްއަކަށް ކޮންޓިނެންޓަލް ޝެލްފްގެ ކްލެއިމެއް ހުށަހެޅުމުގެ ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކަށް ބަލާއިރު ހައްގެއް އޮތް ކަމަކަށެއް ބެލެވޭ ކަށެއް ނެތް
    މިނިސްޓަރު އަބްދުﷲ ޝާހިދު

    އިން ވަކި ކުރުމުގެ މައްސަލައިގަ ވެސް ވޯޓު ދިނުމުގެ މައްސަލައިގަ ވެސް އަދި ރާއްޖޭގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ހިންގުމުގެ މައްސަލައިގަ ވެސް މިއަދުގެ ސަރުކާރުން އެއްވެސް ކަމެއް ބަދަލުކޮށްފައެއް ނެތް
    މިނިސްޓަރު އަބްދުﷲ ޝާހިދު

    ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަލުން މިފަދަ ގަރާރެއް އދ.ގެ އާންމު މަޖިލީހަށް އަތުވެއްޖެ ނަމަ ދިވެހި ސަރުކާރުން އެ ގަރާރަކަށް ދެކޮޅު ނަހައްދަވާނެ ކަމަށް އެހެން ނަމަވެސް އެ ގަރާރާ ދެކޮޅު ނަހައްދަވަނީ ކީއްވެގެން ކަން ވެސް އޭގަ އޮތް އެއީ އިސްތިއުމާރީ ބާރުތަކުން ރަށްތައް މިނިވަން ކުރުމަށް މި ކުރާ މަސައްކަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއިދު ކުރާތީ.
    މިނިސްޓަރު އަބްދުﷲ ޝާހިދު

    މިހާރު މި ދެކެވޭ ވާހަކައިގަ، ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ބަދަލުކޮށް ސިޔާސަތު ބަދަލުކުރިއޭ ބުނެ ދައްކަމުން ގެންދާ ވާހަކައިގަ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅަކާ ގުޅިގެން މިދައްކާ ވާހަކައިގަ، އެއީ ސިޔާސަތު ބަދަލު ކުރުމުގެ އެއްވެސް ކަމެއް ނުހިނގާ އޮއްވާ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކައެއް
    20:56

    ދިވެހި ސަރުކާރުން 2019 ވަނަ އަހަރު މޮރިޝަސްއާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓު ދިނުމަށް ފަހު، އެގޮތަށް ވޯޓު ދިނީ ކީއްވެގެންކަން، "އެކްސްޕްލެނޭޝަން އޮފް ވޯޓް"އެއްގައި ކިޔާދީފައިވާ ކަމަށް ޝާހިދު ވިދާޅުވި. އެގޮތުން ރާއްޖެއިން ވޯޓު ލީ ޗާގޯސްގެ މިނިވަންކަމާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލަކަށް ނޫންކަން ކިޔައިދީފައިވާނެ ކަމަށް ޝާހިދު ވިދާޅުވި.

    މިނިސްޓަރު އަބްދުﷲ ޝާހިދު

    1997ގެ ގާނޫނު އަސާސީގެ ބަހުސްތައް ހިނގައި ދިޔަ އިރުވެސް ގާނޫނު އަސާސީ ފާސްކޮށް ތަސްދީގު ވެގެން ދިޔަ އިރުވެސް އެއްވެސް އިރެއްގައި އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ދެކުނުގައި މިވާ ޗާގޯސް އާކިޕެލާގޯއަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އެ ރަށްތަކުގެ މައްޗަށް ހިނގާ ތަނެއް ކަމަށް ކަނޑައާޅަފައެއް ނުވޭ
    20:42

    ރަސްގެފާނު ހަސަން ނުވަަ ވަނައިގެ ފަހުން އެއްވެސް ރަސްކަލެއްގެ ލިޔުއްވުމުގަ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ބާރު ހިނގާކަމަށް ކަނޑައަޅުއްވާފައި ވިދާޅުވެފައި ނުވާތީ، ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަން ސާބިތުވާ ކަމަށް ޝާހިދު ވިދާޅުވި

    20:36

    ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ދެއްވާ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ