08 Nov 2022, 11:20
ކާތިިކް އާރްޔަން އެންމެ ފަހުން ކުޅުނު ފިލްމު 'ފްރެޑީ'ގެ ޕޯސްޓަރއެެއް އިއްޔެ ވަނީ ދައްކާލާފައެވެ.
ޑރ. ފްރެޑީ ޖިންވާލާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ތުރިލާ މި ފިލްމުގައި ކާތިކް ކުޅެނީ ފްރެޑީގެ ރޯލެވެ. ކާތިކްގެ އިންސްޓަގްރާމް އެކައުންޓުގައި އިއްޔެ ރިލީޒްކުރި މި ޕޯސްޓަރުން ފެންނަނީ ޑރ. ފްރެޑީގެ ގޮތުގައި ސްކްރަބްސް ލައިގެން ދަތްޕިލައެއް ހިފައިގެން ހުރި ކާތިކްއެވެ. އަތުގައި ލޭ އުނގުޅިފައި ހުރި އިރު އޭނާގެ މޫނުމަތިން ފެންނަނީ ވަރަށް ސީރިއަސް ބިރުވެރި ބެލުމެކެވެ.
މި ފިލްމުގެ ރޯލާ ގުޅޭގޮތުން ކާތިކް ބުނީ ފްރެޑީގެ ކެރެކްޓާއަށް ވަނުމަށް ފިޒިކަލީ އަދި މެންޓަލީވެސް ތައްޔާރުވާން ޖެހުނު ކަމަށެވެ. އަދި، މި ކެރެކްޓާގެ ސަބަބުން އޭނާގެ އެކްޓިން ކެރިއަރގައި ނުފެންނަ ސައިޑެއް ފެނުނު ކަމަށާއި އިތުރަށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދިން ކަމަށް ބުންޏެވެ. އެއީ ޗެލެންޖެއް ނަމަވެސް، އެކްޓަރެއްގެ ގޮތުގައި ކުރިއަރައިގެން ދާން ލިބުނު ފުރުސަތެއް ކަމަށްވެސް ކާތިކް ބުންޏެވެ.
ފްރެޑީ ފިލްމުގެ ލީޑް އަންހެންތަރި ބުނި ގޮތުގައި، ކައިނާޒްގެ ކެރެކްޓާ ކުޅުމަށް ކުރިން ނުދަންނަ އެތައް ކަމެއް ދަސްކުރަން ޖެހުނެވެ. އަދި، މިއީ ތަފާތު ތަޖުރިބާއެއް ކަމަށް ބުންޏެވެ.
މި ފިލްމަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޝަޝަންކާ ގޯޝް ޑައިރެކްޓްކުރާ ތުރިލާ ފިލްމެކެވެ. ފިލްމު ޕްރިމިއާ ކުރަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގައި އަންނަ މަހު ދޭއް ގައެވެ.