07 Nov 2022, 10:58
ރާއްޖެއާއި ސާބިއާއާ ދެމެދު ސިޔާސީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.
މި ދަތުރުފުޅުގައި ޝާހިދުވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް އެ ގައުމުގެ ފޮރިން މިނިސްޓަރު އިވީސަ ޑާސިކްއާއެކު ކުރައްވައިފައެވެ. އަދި އިތުރަށް ގުޅުން ބަދަހިކުރެެވެން ހުރި ދާއިރާތަކާމެދު ވެސް މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ސާބިއާގެ ފޮރިން މިނިސްޓްރާއެކު -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އެ ދަތުރުފުޅުގައި ޝާހިދުވަނީ އެ ގައުމުގެ ނޭޝަނަލް އެސެމްބްލީ ނުވަތަ މަޖިލީހުގެ ރައީސް ވްލަޑްމިއާ އޯލިކްއާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޕާލިމަންޓްތަކުން ޑިމޮކްރަސީ ވަރުގަދަކުރުމަށް އަދާކުރާ ދައުރާ ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ.
ޝާހިދުގެ މި ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު އިވީސަ ޑާސިކްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.