ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫޑުލްގެ ޕްރޮޑަކްޓް "މަމީ" ނޫޑުލްސްގެ "އެކްސްޓްރާ ސްޕައިސީ ނޫޑުލްސް" ލިލީ ސްޓޯރުން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ލިލީ ސްޓޯރުން ބުނީ މަމީ އެކްސްޓްރާ ސްޕައިސީ ނޫޑުލްސް އަކީ މަމީ ނޫޑުލީހާ ވަރަށް ތަފާތު ނޫޑުލީހެއް ކަމަށާއި އެ ނޫޑުލްސްގައި ކުޅިރަހަ އެކުލެވިފައިވާނެ ކަމަށެވެ.
އަލަށް ރާއްޖެއަށް ތައާފުކުރި މަމީ އެކްސްޓްރާ ސްޕައިސީ ނޫޑުލްސްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ލިލީ ސްޓޯރުން ބުންޏެވެ. ލިލީ ސުޓޯރުން ތައާރަފުކުރި މަމީގެ ހަތަރުވަނަ ޕުރޮޑެކްޓް މަމީ އެކްސްޓްރާ ސްޕައިސީ ވިއްކަނީ ވެސް މަމީ ނޫޑުލްސް ވިއްކާ އަގުގައެވެ. އެއީ 4ރ. އަށެވެ. އަދި އެކްސްޓްރާ ސްޕައިސީ ނޫޑްލްސްގެ ކޭހެއް ވިއްކަނީ 98ރ. އަށެވެ.
މަމީ ނޫޑުލްއަކީ 1971 ވަނަ އަހަރުން ފެށިގެން މެލޭޝިޔާއާއި ސިންގަޕޫރުގެ އިތުރުން އޮސްޓްރޭލިޔާގައި ވެސް އުފައްދާ މަގުބޫލު ނޫޑުލުހެކެވެ.