ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ޕްރޮފެސަރު ޖީއެލް ޕެއިރިސް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އިބުރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓުން ޕްރޮފެސަރު ޕެއިރިސްއަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބުދުއް ސަމަދު އަބްދުﷲ އާއި ފޮރިން މިނިސްޓްރީގެ އިސް ވެރިންނެވެ.

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕްރޮފެސަރު ޕެއިރިސް ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބުދުﷲގެ ދައުވަތަކަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެ އެވެ.

ސްރީލަންކާގެ އެކްސްޓާނަލް މިނިސްޓަރު ޕްރޮފެސަރު ޖީއެލް. ޕެއިރިސްގެ ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.