05 Nov 2022, 15:59
އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އެލައިޑް އިންޝުއަރެންސުން ޚާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ހަވީރަކީ އާއިލާތަކަށާއި ކުދިންނަށް އުފާވެރި މަޖާ ވަގުތުކޮޅެއް ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ އާއިލީ ހަވީރެކެވެ.
ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އިވެންޓުގައި ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ގިނަ ކުޅިވަރު ސްޓޯލްތަކެއް ހުންނާނެއެވެ. އަދި އެ ކުދީންނަށް ކުޅިވަރުތަކުގެ ތެރެއިން ހަދިޔާ ވެސް ލިބޭނެއެވެ.
މި ހަވީރުގެ ތެރެއިން އިންޝުއަރެންސް މެދުވެރިކޮށް ފަހަަށް ފައިސާ ރައްކާކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެއެވެ. ހަމައެއާއެކު މުސްތަގުބަލަށް ކުދިންގެ ކިޔެވުމާއި ތައުލީމާ ގުޅުންހުރި ޕްލޭންތައް އެކުލަވައިލާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކުރާނެއެވެ.
ވީހާ ވެސް ގިނަ އަދަދެއްގެ އާންމުން އެ ހަވީރަށް ގޮސް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށް އެލައިޑްގެ ޕްލޭންތަކުގެ މައުލޫމާތު ހޯދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.