ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު އެ ކުންފުނިން މިއަދު ބޮޑުކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯއިން މިއަދު ވަނީ ޑީސަލް ލީޓަރަކުން 82 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 85 ލާރި ބޮޑުކޮށްފަ އެވެ.

އެގޮތުން ކުރިން 15.68ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ މިހާރު ވިއްކަނީ 16.50.ރ އަށެވެ. އަދި15.67ރ. އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.52ރ އަށެވެ.

އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ބޮޑުވުމުން ކަމަށެވެ.

ތެލުގެ އަގަށް އެސްޓީއޯއިން އެންމެ ފަހުން ބަދަލުގެނެސްފައި ވަނީ މިދިޔަ މާޗްމަހުގެ ހަތްވަނަ ދުވަހުއެވެ. އެދުވަހު ޑީސަލާއި ޕެޓްރޯލްގެ އަގުން 65 ލާރި ބޮޑު ކުރިއެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ރާއްޖެއަށް އެތެރެކުރާ ސާފުކުރި ތެލުގެ އަގުވެސް އުފުލިފައި ވާތީ ކަމަށެވެ. އަދި އެކުން ފުނިން އެއްމަސް ދުވަހުގެ ތެރޭގައި ގެނައި ތެލުގެ ޝިޕްމަންޓްތަކުގެ އަގު ބޮޑުވެފައި ވާ ކަމަށް ވެސް ބުންޏެވެ.