ނީލް ގެއިމަންގެ ''ދަ ސޭންޑްމޭން'ގެ ދެވަނަ ސީރީޒެއް ނިކުންނާނެ ކަމަށް ނެޓްފްލިކްސް އިން އިއުލާންކޮށްފިއެވެ.

ނީލް ގެއިމަން ލިޔެފައިވާ ކޮމިކް ފޮތް 'ދަ ސޭންޑްމޭން'ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ނެތްފްލިކްސް ސީރީޒް 'ދަ ސޭންޑްމޭން'ގެ ޕަބްލިޝާ ޑީސީ ކޮމިކްސް އިން ކުރި ޓްވީޓަކާ ގުޅިގެން ނެޓްފްލިކްސް އިން ވަނީ މި ސީރީޒްގެ ދެވަނަ ސީޒަން އެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ފޭނުންނަށް ދީފައެވެ.

ގެއިމަން ބުނި ގޮތުގައި ނެޓްފްލިކްސް އަށް ނެރުނު މި ސީރީޒްއަށް މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔެއްގެ ލޯބި ލިބިފައިވާ ކަމަށާއި ނެޓްފްލިކްސް އާއި ވޯނާ ބްރޯސް (ކުރީގެ ޕްރޮޑިއުސަރުން) އާ ގުޅިގެން ދަ ސޭންޑްމޭންގެ އިތުރު ވާހަކަތައް ގެނެސްދޭނެ ކަމަށެވެ.

އަދި ދެވަނަ ސީރީޒްއަކަށް ދާނެ ކަމަށް އިއުލާން ކުރުމުން އެންމެ އުފާވާނީ މި ސީރީޒްގެ ކާސްޓުންނާއި ކްރޫއިން ކަމަށް ނީލް ބުންޏެވެ.

"ކާސްޓުންނާއި ކްރޫއިން އެއީ ސޭންޑްމޭންގެ އެންމެ ބޮޑު ފޭނުން. ދެން މިހާރު މިވީ އަލުން މަސައްކަތް ފަށަން" ނީލް ބުނެފައިވެއެވެ.

މި ސީރީޒްއިން އެންމެ ފުރަތަމަ ގެނެސްދީފައި ވަނީ ކޮމިކްގެ ފުރަތަމަ 16 ފޮތަށް ބިނާކޮށް 10 އެޕިސޯޑެވެ. މި ކޮމިކް ސީރީޒްގެ 75 ފޮތް ނީލް ވަނީ ލިޔެފައެވެ.

ދެވަނަ ސީޒަންގައި ގެނެސްދޭނެ ބައިތަކަކުގެ އިތުރު ތަފްސީލެއް ނެޓްފްލިކްސް އަކުން ހިއްސާއެއް ނުކުރެއެވެ.

ސޭންޑްމޭން ސީރީޒްގައި ބޮޑު ކާސްޓެއް ވާއިރު ބޮއިޑް ހޮލްބްރޫކް އާއި ޕެޓޮން އޮސްވޯލްޓް އަދި ސްޓެފަން ފްރައި ފަދަ ތަރިން ހިމެނެއެވެ. މިއީ ވޮނަ ބްރޮސް ޓީވީ އިން ޕްރޮޑިއުސްކޮށް ގެއިމަން އެންޑް ގޮޔާ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ތިބެ ގެނެސްދޭ ސީރީޒްއެކެވެ.