05 Apr 2012, 16:09
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ލިމިޓެޑް މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން، އަހުމަދު ޒުހައިރު ދުވަހު ވަކިކޮށްފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި ބަންދު އިބުރާހިމް ސަލީމް މަގާމު ވަކި ކުރެއްވުމަށްފަހު އައްޔަން ކުރެއްވީ ޒުހައިރު އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅު އެވެ. އޭނާއަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ވެސް މެއެވެ. އޭނާ މަގާމުން ވަކި ކުރެއްވި އިރު ބޯޑު މެންބަރު ކަމުން ވެސް ވަނީ ވަކި ކުރައްވާފަ އެވެ.