ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސެލްޓިކްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ސެލްޓިކްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގެ ހަ ވަނަ މިނެޓުގައި ރެއާލުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ސެލްޓިކްގެ އޭރިއާ ތެރެއިން އެ ޓީމުގެ މެރިޓްޒް ޖެން ގެ އަތުގައި ބޯޅަ ޖެހުމުން ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ޕެނަލްޓީ ޖެހީ ލުކާ މޮޑްރިޗްއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ގޯލެއްޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ވެސް ސެލްޓިކްގެ އޭރިއާ ތެރެއިން އެ ޓީމުގެ މެޓް އޮރިލޭ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ގޯލު ޖެހީ ރޮޑްރިގޯއެވެ.

ސެލްޓިކް އަދި ރެއާލް މެދްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ ގޯލެއް ޖަހައި ރެއާލްއަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. އެ ގޯލަކީ އޭގެ ނުވަ މިނެޓު ފަހުން ރެއާލުން އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހިއެވެ. އެ ގޯލަކީ ފެޑްރީކޯ ވަލްވާޑޭ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ވީނީޝިއަސް ޖޫނިއާ ޖެހި ގޯލެކެވެ.

ރެއާލްގެ ފަސް ވަނަ ގޯލަކީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ވަލްވާޑޭ ޖެހި ގޯލެކެވެ. އެ ގޯލަކީ ލޫކަސް ވަޒްކުއޭޒްގެ އެހީއާއެކު ވަލްވާޑޭ ޖެހި ގޯލެކެވެ.

މެޗުގައި ސެލްޓިކް ޖެހި ހަމައެކަނި ގޯލަކީ 84 ވަނަ މިނެޓުގައި ޖޮޓާ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު ޗެމްޕިއަންސް ލީގު ގްރޫޕް އެފްގެ އެއްވަނައިގައި ރެއާލް އޮތީ 13 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި ލެއިޕްޒިގް އޮތީ 12 ޕޮއިންޓާއެކުއެވެ. އަދި ތިން ވަނަ ޓީމުގެ ގޮތުގައި ޔޫރޮޕާ ލީގަށް ގޮސްފައިވަނީ ޝަކްތަރު ޑޮނެސްކެވެ. އެ ޓީމު ތިންވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ. ސެލްޓިކް ތާވަލުގެ ފުލުގައި އޮތީ ދެ ޕޮއިންޓާއެކުއެވެ.