03 Nov 2022, 10:59
ރާއްޖޭގެ ރިިސޯޓެއްގައި ދޫއްވާފައި ދިޔަ ބަގީއަކާއެކު މޫދަށް ވެއްޓުނު، މޮރޮކޯ ޒުވާނަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ބ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ 26 އަހަރުގެ މޮރޯކޯ އަންހެނަކު ދުއްވާފައި ދިޔަ ބަގީއެއް މޫދަށް ވެއްޓިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ 11 ޖަހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން އޭނާ ވަނީ އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންގޮސްފައެވެ.
އެ ޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ގެނައި އިރު ވެސް ހާލަތު ވަރަށް ގޯސް ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު މިއަދު 'ސަން' އަށް ވިދާޅުވިއެވެ.
އަދި އެ ޒުވާނާ މަރުވެފައިވަނީ ރޭ 11 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށް ވެސް އައްފާލް ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ޒުވާނާއަށް ދެވެންހުރި ހުރިހާ ފަރުވާއެއް ދީފައިވާއިރު ރާއްޖެއިން ބޭރަށް ގެންދިޔަ ނަމަވެސް ދެވޭނެ އިތުރު ފަރުވާ އެއް ނޯންނާނެ ކަމަށް ޑޮކްޓަރުން އޭރު އޮތީ ނިންމާފައި ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.
އެ ޒުވާނާގެ ނަމާއި އިތުރު މައުލޫމާތެއް އެެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.