05 Apr 2012, 14:53
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ނޭޝަނަލް ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތް ކުރައްވައި، އެ ސެންޓަރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، މަސައްކަތް ތަރައްގީ ކުރަން ސެންޓަރުން ރާއްވަވާފައިވާ ގޮތް ބައްލަވާލައްވައިފި އެވެ.
ރައީސް ވަހީދު ތެލެސީމިއާ ސެންޓަރުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޢިމާރާތުގެ ދަތިކަން ހުރިގޮތާއި، ސެންޓްރަލް ބްލަޑް ބޭންކް ރަނގަޅަށް ނުހިނގުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ރައީސަށް ދެންނެވި އެވެ.
މި ޒިޔާރަތުގައި، ލޭ ހަދިޔާ ކުރަން ގޮސްތިބި ބައެއް ފަރާތްތަކާއި، އަދި ލޭ އަޅަން ގޮސްތިބި ކުދިންނާ ބައްދަލުކުރައްވައި އެކުދިންނަށް ރައީސް ހިތްވަރުދެއްވިއެވެ. އަދި ޒިޔާރަތުގައި ސެންޓަރުގެ ލެބޯރެޓަރީ ވެސް ރައީސް ބައްލަވާލެއްވި އެވެ.