ގއ. އަތޮޅުގެ ރަށެއްގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލައަކީ ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށް ވުމުން، ކުއްޖާގެ އަބުރު ރައްކާތެރިކުރުމުގެ ގޮތުން ރަށުގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.