ފުޓްބޯޅަ އެސޯސިއޭޝަނުގެ ކޮންމެ މެމްބަރަކަށް ވެސް ބައިވެރިވެވޭ މުބާރާތް ކަމަށްވާ އެފްއޭކަޕުގައި ބައިވެރުމުގެ ފުރުސަތު އަންނަ މަހުގެ ދޭކާ ހަމައަށް ދިނުމަށް ނިންމައިފި އެވެ.

އެފްއޭއެމް އިން ބުނީ، މުބާރާތުގައި ބައިވެރިވާ ޓީމްތައް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެފްއޭއެމް އަށް ފޯމް ހުށަހަޅަން ޖެހޭ ކަމަށެވެ.
އެފްއޭއެމްގެ މެމްބަޝިޕް ކްލަބް ޖަމިއްޔާ، ޖަމާއަތްތައް ފިޔަވައި އެސޯސިއޭޓް މެމްބަރު ކްލަބް ޖަމިއްޔާ، ޖަމާއަތްތަކަށް މުބާރާތުގައި ބައިވެރިވެވޭނީ ގަވާއިދުގެ މަތީން 3000ރ. ގެ ފީއެއް ދައްކައިގެން ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
މިމުބާރާތުގެ ޗެމްޕިއަންހޯދާޓީމަށް، އޭއެފްސީ ކަޕުގެ ޕްލޭއޯފް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. 1988 ވަނަ އަހަރު ފެށި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން ވާދަކުރަން ފަށާނީ ކުއާޓާ ފައިނަލުން ފެށިގެންނެވެ.
މި މުބާރާތުގެ މިދިޔަ އަހަރު ޗެމްޕިއަނުން ނަކީ ވީބީ އައްޑޫ އެފްސީ އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދި މާޒިޔާ ބަލިކޮށްފަ އެވެ.