01 Nov 2022, 13:08
ގއ. ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްއާ ގުޅޭ ދެ މައްސަލައެއް ސާބިތުވެ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ ލުއައްޔުއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ދާންދޫ ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަމާއި ކޯޓުގެ ރަސްމީ ގަޑީގެ އިތުރުން އެހެން ވަގުތުތަކުގައި ވެސް ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ މައްސަލަ ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވަން އިސް މެޖިސްޓްރޭޓް ލުއައްޔު މަސައްކަތްކުރިކަން ވެސް ވަނީ ސާބިތުވެފައެވެ.
އެހެންކަމުން އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަސް މިހާރު ވަނީ ފޮނުވާފައެވެ.