ރޭޑިއޯ އާއި ޓީވީ ފްރިކުއެންސީ ދޫކުރުމުގެ ބީލަން ހުޅުވުމުގެ ރަސްމިއްޔާތު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހައި ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅި އެއިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މާލޭ ސިނެކޯ މާލަމަަމްގައި އެ ރަސްމިއްޔާތު ފަށަން ތައްޔާރުވެފަ އެވެ. ރަސްމިއްޔާތު އޮތީ 1:45 ގައެވެ.

މި މައްސަލަ ހުށަހެޅީ މ. ކޑަވެޔޮމަތީގޭ އިބްރާހީމް ފަލާހެވެ. އޭނާގެ ދައުވާގައި ބުނަނީ މި ބީލަން ކުރިއަށް ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ކަމަށެވެ. މި މައްސަލައިގެ ތަފުސީލު އަދި ސާފެއް ނުވެއެވެ.