31 Oct 2022, 09:16
ސްޓެލްކޯގެ ހަތަރު މުވައްޒަފަކު ޖަރުމަނުގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފިއެވެ.
އެ ހަތަރު މުވައްޒަފުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައި ވަނީ މިމަހުގެ 17ވަނަ ދުވަހުން މިދިޔަ ހުކުރު ދުވަހާ ހަމައަށެވެ.
މިއީ އެމްއޭއެން މައި އިންޖީނުގެ ސްޓެންޑާޑް އެންޑް އެޑްވާންސް ތަމްރީނުތަކެކެވެ. ސްޓެލްކޯއިން ބުނީ މި ތަމްރީނުތަކުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެން ދާނެކަމަށެވެ.
"މި ތަމްރީނުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެން ދާނެ،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯ މުވައްޒަފުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ސްޓެލްކޯ
ސްޓެލްކޯއަކީ މާލޭ ސަރަހައްދުގެ އިތުރުން ބައެއް އަތޮޅުތަކަށް ވެސް ކަރަންޓު ފޯރުކޮށްދޭ ކުންފުންޏެކެވެ.