މާލެއިން ގދ. ގައްދުއަށް ދިޔަ ބޯޓަކުން، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 09:30 ހާއިރު ހިންގި އެ އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ ގައްދޫ ދޭލިޔާގެ މުހައްމަދު ހަސަން 23 ކަމަށެވެ. އޭނާ ހައްޔަރު ކުރީ ބޯޓު ގައްދޫއަށް ބަނދަރުކުރި ވަގުތު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ޕޮލިސް އިންޓަލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މުހައްމަދު ހަސަން ގައްދުއަށް ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ 10 ޕެކެޓް ފެނިފައިވާ ކަމަށެވެ.