ޕްލާޒާއޭ ބުނެފިނަމަ ދިވެހީންނަށް އެނގޭނީ މީރުވަސްދުވުމަށް ބޭނުންކުރާ ސާމާނު ވިއްކާ ތަނެއްގެ ގޮތުގައެވެ. ޚާއްސަގޮތެއްގައި ސެންޓާއި ބޮޑީ ސްޕްރޭގެ އިތުރުން، އެތައް އުފެއްދުންތަކެއް ޕްލާޒާގެ ފިހާރަތަކުން ލިބެން ހުރެއެވެ.

ޕްލާޒާއިން ވިއްކާ އުފެއްދުންތަކުގެ ތެރެއިން ދިވެހީންގެ މެދުގައި އެންމެ މަޝްހޫރީ ރަސާސީގެ އުފެއްދުންތަކެވެ. ރަސާސީގެ ގިނަ އުފެއްދުންތަކަކީ ދިވެހީންގެ މެދުގައި ވަރަށްބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ބްރޭންޑެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އުފެއްދުންތަކުގެ ކޮލިޓީއާ އަޅާބަލާއިރު އަގުތައްވެސް ރަނގަޅީއެވެ. މިއީ ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭ އެއް ކަމެވެ. ޕްލާޒާއިން ދުބާއީގެ ރަސާސީގެ އުފެއްދުންތައް ވިއްކާތާ މިހާރު 25 އަށް ވުރެން ގިނަ އަހަރުވެއްޖެއެވެ.

ޕްލާޒާއިން ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ އުފެއްދުންތަކުގެ ތެރެއިން މިފަހަރު މި ބަލާލަނީ، ބާޒާރަށް މި ފަހުން ނިކުތް ދުބާއީގެ އުފެއްދުމެއްކަމަށްވާ ރައިޚާން ބްރޭންޑްގެ ސެންޓަށެވެ. ރައިޚާން މި ބްރޭންޑަކީ މަޝްހޫރު ރަސާސީ ބްރޭންޑްގެ އޯނަރުގެ ދަރިއެއްކަމަށްވާ ޚާލިދު ކަލްސޭކަރުއަށް ނިސްބަތްވާ ބްރޭންޑެކެވެ. އެ ބްރޭންޑްގެ ސެންޓް ރަސްމީކޮށް ބާޒާރަށް ތައާރަފްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މި ބްރޭންޑްގެ ފަސް ސެންޓްފުޅި ނެރެފައިވާއިރު، މި ހުރިހާ އުފެއްދުމެއް ޕްލާޒާގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ރައިޚާން ބްރޭންޑްގެ ބާޒާރަށް ނެރުނު ފަސް ވައްތަރުގެ ސެންޓަކީ އިމްޕީރިއާ، އިމްޕީރިއާ އިންޓެންސް، އޯޝަން ރަޝް، އެލްވުޑް، އަދި ޕެސިފިކެވެ. ރައިޚާން މިހާރު ތައްޔާރުވަމުން ދަނީ މިމަހުގެ 31 ވަނަ ދުވަހު ދުބާއީގަ ފެށުމަށް ހަމަޖެހިފައިވާ ބިއުޓީ ވޯލްޑް އެގްޒިބިޝަނުގައި އިތުރު 12 ސެންޓް ބާޒާރަށް ނެރުމަށެވެ. މީގެ ތެރޭގައި ކަނބަލުންނަށް ޚާއްސަ ސެންޓުވެސް ހިމެނެއެވެ. ރައިޚާން ބްރޭންޑްގެ މިހާރު މާކެޓުން ލިބެންހުރި ފަސް ވައްތަރެއްގެ ސެންޓު މެދުފަންތިއަށް ޚާއްސަކުރި ނަމަވެސް ފަހުގެ ތާރީޚެއްގައި ލަގްޒަރީ މާކެޓަށް އަމާޒުކޮށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލާޒާ އެންޓަޕްރައިސެސް އަކީ ރަސާސީ ގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރުގެ އިތުރުން ރައިޚާން ބްރޭންޑުގެ ވެސް ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.

ރައިޚާން ބްރޭންޑްގެ ސެންޓް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ޕްލާޒާ އިންސެންސް (ދަ ޕާފިއުމް ޝޮޕް) އިން ލިބޭނެއެވެ. އައްޑޫ ސިޓީގައި ނަމަ ޕްލާޒާ ޕްލަސް ފިހާރައިން ލިބޭނެއެވެ. ކަސްޓަމަރުން ޕްލާޒާގެ ފިހާރަތަކަށް ނުގޮސް ގޭގައި އިނދެގެންވެސް މިހާރު ޕްލާޒާއިން ވިއްކާ އެއްޗެހި ގަނެލެވޭނެއެވެ. ޕްލާޒާގެ ވެބްސައިޓަށް ވަދެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރކޮށް، ލޮގިން ވުމަށްފަހު ކަސްޓަމަރުން ބޭނުންވާ އެއްޗެހި އޯޑަރުކޮށްލުމުން އެމީހަކު ހުރި ތަނަކަށް ގެންގޮސްދޭނެއެވެ.