29 Oct 2022, 10:51
ލައިވް ޝޯއެއްގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ލޯ ނުހުޅުވި އެއް ލޯ އަޅައިގަންނަ ތަން ފެންނަ މަންޒަރެއް ވައިރަލް ވެއްޖެއެވެ.
ލަސް ވޭގަސް ރެޒިޑެންސީގައި މިދިޔަ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ލައިވް ޝޯއެއްގައި ކޭޓީ ވަނީ ޕަފޯމް ކޮށްފައެވެ. އެ ޝޯގައި ކޭޓީ ދިން ޕާފޯމެންސްގެ މެދު ތެރެއިން ފެނުނު މަންޒަރެއް ވަނީ މިހާރު ވައިރަލްވެފައެވެ.
އެ މަންޒަރުގައި ފެންނަނީ ކޭޓީ ޕަފޯމެންސްގެ މެދުތެރެއިން މަޑުކޮށްލައިގެން ލޯހުޅުވަން އުޅޭ ތަނެވެ. ކޭޓީގެ ކަނާއަތު ލޯ ހުޅުވަން އުޅެ އުޅެ އެ ލޯ ނުހުޅުވޭތަން ފެނެއެވެ. އަދި އެންމެފަހުން ކޭޓީ އޭނާގެ އަތުން މޫނުގެ އަރިއަކަށް ދަމާލާ ލޯ ހުޅުވައެވެ. ނަމަވެސް އަނެއްކާވެސް އެ ލޯ ނުހުޅުވި އަލުން ވެއްޓެއެވެ.
އެންމެފަހުން ރަނގަޅަށް ލޯ ހުޅުވުމުން ކޭޓީ އެކަން އެއްވެސް ބޮޑު ކަމަކަށް ނުހަދައި އަލުން ޕަފޯމެންސް އާއެކު ކުރިއަށް ދެއެވެ. އެކަމާ ގުޅޭގޮތުން އިތުރަށް އެއްވެސް ވާހަކައެއް ކޭޓީއެއް ނުދައްކައެވެ.
އެކަމާ ގުޅިގެން ފޭނުން އަންނަނީ ތަފާތު ވާހަކަ ދައްކަމުންނެވެ. އެއްބަޔަކު ބުނަނީ އެއީ ކޭޓީ އެއް ނޫނެވެ. އެހެން ނަމަވެސް އެއީ އެންޑްރޮއިޑެއް ކަމަށާއި އޭނާގެ ސިސްޓަމުގައި ކުޑަވަރެއްގެ ގްލިޗެއް އުޅެނީ ކަމަށް ބައެއް ފޭނުން ބުންޏެވެ.
އެ މަންޒަރު ފެނުނު މީހުން ވާހަކަ ދެއްކީ ކުޑަކޮށް މަޖާކޮށްލައި ސަކަރާތް ޖަހާގޮތަށެވެ. ނަމަވެސް އެއް ފޭނަކު ވަނީ އެ މަންޒަރާ ގުޅޭގޮތުން ތަންކޮޅެއް ހަމަޖެހޭ މީހަކު ބުނާގޮތުގައި އެއީ ފަހަރެއްގައި ކޭޓީ ހަރުކޮށްފައިވާ އެސްފިޔަތަކުގެ ތެރަސް ލޮލުގެ ތިރީ ބައިގައި އަޅައިގަންނާތީ ނައްޓަން އުނދަގުވެގެން ވާގޮތެކެވެ.