04 Apr 2012, 22:17
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމާ ދެކޮޅު ހެދުމުގެ ގޮތުން ކުރި މުޒާހަރާގައި ވީޓީވީ އަށް ހަމަލާދިން މައްސަލައިގެ ތުހުމަތަށް ފުލުހުން އިއްޔެ ހައްޔަރުކުރި 50 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކޮށްދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ވީޓީވީ އަށް ގެއްލުންދިން މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު 50،ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ އަށް ވެސް ޖަހައިދީފައި ވަނީ 15 ދުވަސް ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ރ. އަލިފުށީ، ހަމީދީ މަންޒިލް، އަހުމަދު ހަމީދު،29 އާއި ހަމައެގޭ ހުސެއިން ހަމީދު،26 އަދި ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދު 19،ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޯމަދުވަހުގެ ރޭ ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހާދިސާގައި ވީޓީވީ އަށް ގެއްލުންދިން މައްސަލައާ ގުޅޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސްއ ަންނަނީ ކުރަމުން ނެވެ. އެގޮތުން ފޮޓޯ އާއި މައުލޫމާތު އާންމުކުރި މީހުންގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ ހ. ރޯޒަންޑޭލް ޝިފާންސަފްރަތު، 17 އެވެ.