ހުޅުމާލެ ފެރީޓާމިނަލް ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 22 އަހަރުގެ ފިރިހެނެއްގެ ބޯޅައިގެން ގޯސް، އޭނާ އަށް އެކި ވަރުގެ އަނިޔާތައް ވެފައި ވާކަމަށް ހުޅުމާލެ ފޮލިސްޓޭޝަނުން ބުނެފި އެވެ.

މިރޭ 08:00 ހާއިރު ފިތުރޯނުމަގުގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ކާރަށް ވެސް ގެއްލުންތަކެއް ވެފަ އެވެ.

ޕޮލިހުން ބުނީ، އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 22 އަހަރުގެ މީހާ އަށް އަނިޔާވި އިރު، ކާރު ދުއްވަން އިން ޑްރައިވަރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އެ އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން، އޭނާގެ އަތާއި ފައިގެ އެކިތަންތަނުން މަސައިގެން ގޮސްފައިވާ ކަމަށް ހުޅުމާލޭގައި ޓެކްސީއެއް ދުއްވަމުން އަންނަ މީހަކު ވަނީ ސަން އަށް ކިޔައި ދީފަ އެވެ.

އޭނާ ބުނީ، އެކްސިޑެންޓުވެ، ސައިކަލް ދުއްވަން މީހާ އަށް މިހާރު ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އަދި އޭނަގެ ހޭވެރިކަން ހުރި ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއާ ބެހޭ ގޮތުން ހުޅުމާލެ ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހުޅުމާލޭ ފޮލިހުން ދަނީ ތަހުގީގު ކުރަމުން ނެވެ.