25 Oct 2022, 08:58
މަޝްހޫރު ފެންޓަސީ ފްރެންޗައިޒް ކަމަށްވާ ހެރީ ޕޮޓާގައި ޖުމްލަ 31 ސްކްރީންޓައިމް އަށް އެ ފްރެންޗައިޒްގެ ސަޕޯޓިން އެކްޓަރެއް ކަމަށްވާ ޓޮމް ފެލްޓަން އަށް 14 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ސްޓްރީމިން ސާވިސް ޕީކޮކް އަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ފެލްޓަން ބުނެފައިވަނީ ހެރީ ޕޮޓާ ފްރެންޗައިޒްގައި އޭނާ ފެނިފައިވާނީ ވަރަށް ކުޑަ ވަގުތު ކޮޅަކަށް ކަމަށެވެ.
ޑްރޭކޯ މެލްފޯއިގެ ރޯލުން ފެންނަ ޓޮމް ފެލްޓަން އަކީ މުޅި ފްރެންޗައިޒްގެ އެންމެ ކަމުދާ އެއް ސަޕޯޓިން އެކްޓަރެވެ. ނަމަވެސް ފްރެންޗައިޒްގެ އަށް ފިލްމު ނެރުނު އިރު ފެލްޓަން މުޅި ފްރެންޗައިޒްގައި ފެނިގެން ގޮސްފައިވާނީ 31 ވަރަކަށް މިނެޓަށެވެ. މިއީ އަށް ފިލްމުގެ 19 ގަޑިއިރާއި 40 މިނެޓަށް ބަލާނަމަ ވަރަށް ކުޑަ އަދަދެކެވެ.
މުޅި ފްރެންޗައިޒްގެ އެއް ފިލްމެއްގައި ފެލްޓަން ކުޅެފައިވަނީ އެންމެ މިނެޓެއްގެ މަންޒަރެކެވެ. ނަމަވެސް އެ ވަގުތުގައި އެކަނިވެސް އޭނާ ވަނީ ބޮޑު އާމްދަނީއެއް ހޯދާފައެވެ.
ފެލްޓަން ބުނިގޮތުގައި ފިލްމު ފްރެންޗައިޒުން އޭނާއަށް 14 މިލިއަން ޑޮލަރު ލިބުނެވެ. ނަމަވެސް ޅަ އުމުރުގައި އެހާ ބައިވަރު ފައިސާތައް ލިބުމުން އެއަށް ހަދާނެ ގޮތެއް ނޭނގި އޭނާ އަތުން ގިނަ ފައިސާއެއް ވަނީ ބޭކާރު ކުރެވިިފައި ކަމަށް ފެލްޓަން ބުނެއެވެ. ފެލްޓަން ބުނީ ކުޑަ އުމުރުގައި ބޭކާރު އެއްޗެހި ގަނެ ވަކި ހިސާބަކަށް ދިޔަ އިރު އޭނާ ވަނީ ދަރާފައި ކަމަށެވެ.
ނަމަވެސް ތަފާތު އެކި ޕްރޮޖެކްޓުތައް ހޯދައި އޭނާގެ ބޮލުގައި އޮތް ދަރަނި ފިލުވައި މިހާރު އާންމު ދިރިއުޅުމަކަށް ދެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.