24 Oct 2022, 12:38
ގަތަރުގައި އަންނަ މަހު ފަށާ ވޯލްޑްކަޕް މެސީ އުފުލާލާތަން ދެކެން ބޭނުންނުވާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.
އޭނާ ބުނީ އާޖެންޓީނާއާއި ބެރެޒިލްއަކީ ޒަމާންވީ ދެ ވާދަވެރިންކަމަށެވެ. އެހެންނަމަވެސް މެސީގެ މޮޅު ކުޅުމުގެ ސަބަބުން އެ ވާދަވެރިކަން ނެތިގޮސްފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.
"މެސީއަކީ ސްޕެއިންގް ރަށްވެސެއްނަމަ އާޖެންޓީނާއާއި ބްރެޒިލްގެ ވާދަވެރިކަން އިތުރުވީސް،" ރޮނާލްޑޯ ބުންޏެވެ.

މެސީ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ ---
ރޮނާލްޑޯ ބުނީ އޭނާ މެސީއަށް ވަރަށް އިހުތިރާމް ކުރާކަމަށާއި، މެސީ ވެސް އޭނާއަށް ވަރަށް އިހުތިރާމް ކުރާކަމަށެވެ. އަދި މެސީއަށް މި އަހަރުގެ ވޯލްޑްކަޕް ހައްގުކަމަށް އޭނާ ބުންޏެވެ. އެެހެންނަމަވެސް ބްރެޒިލްއާއި އާޖެންޓީނާގެ ވާދަވެރިކަމުގެ ސަބަބުން އާޖެންޓީނާ މޮޅުވާން އޭނާ ބޭނުން ނުވަނީކަމަށް ރޮނާލްޑޯ ބުންޏެވެ.
މެސީ ވަނީ މި ވޯލްޑްކަޕްގައި އެ ގައުމު ޖެހިލުން ވާވަރުގެ ޓީމެއް ނެތްކަމަށް ބުނެފައެވެ. އާޖެންޓީނާއަށް ތަށި ކާމިޔާބު ކުރެވޭނެކަމަށާއި، ސަޕޯޓަރުން ޓީމާއެކު ކެތްތެރިވެގެން ތިބެން އޭނާ ވަނީ އެދިފައެވެ.
އާޖެންޓީނާ ވޯލްޑްކަޕްގައި ލައްވާލައިފައިވަނީ ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި އާޖެންޓީނާއާއެކު ދެން ހިމެނެނީ މެކްސިކޯއާއި ޕޮލެންޑުގެ އިތުރުން ސައުދި އަރަބިއާއެވެ. އާޖެންޓީނާގެ ފުރަތަމަ މެޗުގައި އެ ޓީމު ނޮވެމްބަރު 22 ވަނަ ދުވަހު ނިކުންނާނީ ސައުދީއާ ދެކޮޅަށެވެ.