ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމުގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް އަތީފްގެ ކަރުގައި ވަޅި ޖައްސާ ފުލުސް އޮފީސް ތެރޭ އެނާ މަރާލުމަށް ފުލުހުންގެ ބަޔަކު މަސައްކަތް ކުރި ކަމަށް ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުޅަށްފަހު މާލޭ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވި ދުވަހު ފުލުހުންގެ ތެރެއިން ބަޔަކު އަތީފް މަރާލުމަށް މަސައްކަތް ކޮށްފައިވާކަމަށާއި އެދުވަހު ފުލުހުން އޮފީސް ތެރެ " ހަލާކު" ކޮށްލާފައިވާ ކަމަށެވެ.

"ޑެޕިއުޓީ ކޮމިޝަނާ ޕޮލިސް އިސްމާއިލް އަތީފް މަރާލުމަށް ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކުރި. އޭނާގެ ކަރުގައި ވަޅި ޖައްސާ، އެ ފުލުސް އޮފީސް އެކީގައިހެން ވަރަށް ބޮޑަށް ހަލާކުރި." ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު އެފަދަ އެތައް ކަމެއް ފުލުސް އޮފީހުގެ ތެރެއިން ފެނިގެންދިޔަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު ހަސަން ހަނީފް މިއަދު ވިދާޅުވީ ނަޝީދު ދެއްކެވި އެ ވަހާކަފުޅުތައް ފުލުހުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި އެވާހަކަ ތަކަކީ ޒިންމާދާރުކަން ކުޑަ ގޮތަށް ވިދާޅުވެފައިވާ ވާހަކަފުޅުތަކެއް ކަމަށެވެ.

"ވެރިކަން ބަދަލުވި ދުވަހު ހިނގާދިޔަ ކަންކަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން އެދަނީ. ނަޝީދު އެވިދާޅުވާ މައްސަލަ (ޑީސީޕީ އަތީފު މަރާލަން އުޅުނު މައްސަލަ). ފުލުހުސް އޮފީހަށްވެސް އަދި އެހެން ފަރާތަތަކަށްވެސް ހުށަހަޅާފައިވާ ކަން އެނގިފައެއް ނެތް،" ހަނީފު ވިދާޅުވި އެވެ.