Gaumee zuvaanunge dhuvahuge rassmee jalsage live coverage
Gaumee zuvaanunge dhuvahuge rassmee jalsage live coverage

Last Updated:
3 year 1 month ago

ޤައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    ޤައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ލައިވް ކަވަރޭޖަށް މަރުހަބާ

    22:43

    ލައިވް ކަވަރޭޖް މިހާ ހިސާބުން ނިމުނީ

    22:40

    މަހްލޫފް ވިދާޅުވީ ޒުވާނުންގެ މައްސަލަތައް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށް. އަދި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި.

    550 އަށް ވުރެން ގިނަ ޕްރޮޖެކްޓްސް ނިމި އަދި އަދި އެބަކުރިއަށް ދޭ. މިކަން ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދެނީ އަޅުގަނޑުމެންގެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސިވިލް ސާވިސްގެ މުވައްޒަފުން
    22:35

    ޖަލްސާގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ މީގެ ކުރިން ޔޫތު މިނިސްޓްރީއަކީ މާބައިވަރު މަސައްކަތެއް ނުކުރާ ކުޑަކުޑަ ވުޒާރާއެއް ކަމަށް. ނަމަވެސް މިސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ދެ ވަނައަށް އެންމެ ގިނަ މަޝްރޫއު ހިންގަނީ އެ މިނިސްޓްރީ ކަމަށް އޭނާ ވިދާޅުވި.

    22:33

    ޔޫތު މިނިސްޓްރީގެ ރަސްމީ ވެބްސައިޓް މިނިސްޓަރު މަހުލޫފް ވަނީ އިފްތިތާހް ކޮށްދެއްވާފައި

    ރައީސް ޞާލިހް

    އަޅުގަނޑު ޒުވާންކަން މާނަ ކުރަނީ އެ މީހެއްގެ ހަޔާތުގައި ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި. އެއީވަރުގަދަ އަޒުމެއްގެ މަތީގައި ސާބިތުވެހުރެ ތިމާގެ އުއްމީދުތައް ހާސިލް ކުރުމަށް ލިބޭ ފުރުސަތެއް
    ރައީސް ޞާލިހް

    ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ ފުރުސަތު ދިނުމަކީ އެކަމަށް އެޅި އެންމެ ފުރަތަމަ ފިޔަވަޅު. އަނެއް ކަމަކީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފަހި ކޮށްދީފައިވާ ވަޒީފާގެ ފުރުސަތުތައް. އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ވެސް އަންނަނީ ފެންނަމުން
    ރައީސް ޞާލިހް

    މަސްތުވާތަކެތިން ޒުވާނުން ދުރުކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށައިފައި. ގޭންގް ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު މި އަންނަނީ މަސައްކަތްތަކެއް ކުރަމުން.
    22:25

    ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ދައުރު ފުޅާވަމުން އަންނަ ކަމަށް. އަދި އަމިއްލަ ކޮލެޖްތަކުން ވެސް އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތައް މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި.

    ރައީސް ޞާލިހް

    މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޒުވާން ވިޔަފާރިވެރިންނަށާއި ޒުވާން ވިޔަފާރިތަކަށް 414 ލޯން އެޕްރޫވްކޮށް 374 ވިޔަފާރީއަކަށް މިހާރު ވާނީ ލޯން ދޫކޮށްފައި
    22:23

    ރައީސް ވިދާޅުވީ ޒުވާނުންނަށް ތައުލީމާއި ތަމްރީން ދިނުމުގެ އިތުރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި ލޯނުތައް ދޫކުރަމުން އަންނަ ކަމަށް.

    22:16

    ރައީސް ވިދާޅުވީ ރަށްރަށަށް ބޭނުންވާ ވަރަށް ވަޒީފާގެ ފުރުސަތު ނެތީ އެ ރަށްރަށަށް ބޭނުންވާ މިންވަރަށް ހިދުމަތްތައް ދެވިފައި ނެތީމައި ކަމަށް. ރަށްރަށުގެ ހާލަތު ރަނގަޅު ކުރުމަށް އަސާސީ ތިން ހިދުމަތެއް ބޭނުންވާ ކަމަށާއި އޭގެ ތެރޭގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއްގެ އިތުރުން ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކާއި ރަނގަޅު މުއާސަލާތީ ހިދުމަތުގެ ނިޒާމެއް މުހިންމު ކަމަށް ރައީސް ވިދާޅުވި.

    އެކަންކަން ތަންފީޒު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އުފެދެމުން އަންނަ ކަމަށް ރައީސް ވިދާޅުވި.

    ރައީސް

    ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ޒުވާނުންގެ ބައިވެރިވުމާއެކު ގައުމު ތަރައްގީ ކުރުން. ގައުމު ކުރިއަރުވަން އެދޭނަމަ އެންމެ ފުރަތަމަ ކުރިއަރުވަން ޖެހޭނީ ތިމާގެ އަމިއްލަ ނަފްސު
    ރައީސް

    ރައީސް ވިދާޅުވީ ދިވެހި ޒުވާނުންގެ ވިންދުން މި ގައުމަށް ދިރުން ލިބުން މިހާރު އިތުރުވެފައިވާ ކަމަށް.

    ގައުމަށް ހިދުމަތް ކުރުމުގައި ދިވެހި ޒުވާނުންގެ ދައުރު އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުން.

    މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
    22:10

    ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ގެންދަވަނީ ވާހަކަ ދައްކަވަމުން

    22:09

    ނެޝަނަލް ޔޫތް ވޮލަންޓިއަރ ޕްރގްރާމްގެ ތެރެއިން- އަޙްމަދު އަޙްނަފް / އއ.ރަސްދޫ އަސަރީގެ

    22:09

    ވޮކޭޝަނަލް ޓްރެއިނިންގގެ ދާއިރާއިން- އިބްރާހިމް ޝަރީފް / ޅ.ހިންނަވަރު އުރަހަ

    22:06

    ދަނޑުވެރިކަމުގެ ދާއިރާއިން- ޢަލީ ރަޝީދު

    އޭނާގެ އާއިލާއަކީ ދަނޑުވެރި އާއިލާއެއް. އެކަމަށް ކުޑައިރުންސުރެއް ހުންނަ ޝައުގާއެކު އޭނާ އަންނަނީ އެ ދާއިރާގައި މަސައްކަތް ކުރަމުން.

    22:04

    މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން- އާފިރު މުޙައްމަދު

    ކުރިން މަސްތުވާތަކެތި ބޭނުން ކުރި އާފިރު އެ ވަބާއިން ސަލާމަތްވެ 2018 ވަނަ އަހަރުން ފެށިގެން އަންނަނީ އެ ވަބާއިން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން.

    21:59

    ފަންނުވެރިކަމުގެ ދާއިރާއިން- ޢަބްދުﷲ ޝަފީޢު

    ގްރެފިކްސް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 11 އަހަރު ވެފައިވާ އަބްދުﷲ ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރައްވާފައި. އެތައް މީޑިއާތަކަކާއި ކުންފުނިތަކެއްގެ އިތުރުން އިވެންޓްތަކެއްގެ ލޯގޯ އޭނާ ފަރުމާ ކޮށްފައިވޭ.

    21:56

    ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާއިން: އަލީ އަމީރު

    ސްކޫލް ދައުރުން ފެށިގެން އޭނާ އަންނަނީ އަދަބީ ހަރަކާތްތަކުގައި ބައިވެރިވަމުން. ވާހަކަ ދެއްކުމުގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އޭނާ ކުރައްވާފައިވޭ.

    21:54

    ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ: އަބްދުﷲ ޝަހުނީޒް

    ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާގައި ހިލޭ ސާބަހަށް އޭނާ މަސައްކަތް ކުރައްވާތާ ނުވަ އަހަރު ވެއްޖެ.

    21:50

    ދަރުމަވެރި ކަމުގެ ދާއިރާއިން: ފިރާޝާ މުހައްމަދު

    އޭނާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އެ ދާއިރާގައި ހިދުމަތް ކުރަމުން. އެގޮތުން ގާލްގައިޑްގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވޭ.

    21:45

    ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން: ނީޝާ ހަލީމް

    މިއަހަރު ބޭއްވި ސްޕޯޓްސް އެވޯޑުގައި އޭނާ ވަނީ އެންމެ މޮޅު އަންހެން ކޯޗްގެ މަގާމު ވެސް ހޯދާފައި. އޭނާ ކުޅިވަރުގެ މައިދާނަށް ނުކުތީ 1995 ގައި ނެޓްބޯޅަ ކުޅުންތެރިއެއްގެ ގޮތަށް. ނެޓްބޯޅަ ކުޅުމާއި ކޯޗްކޮށްދިނުމުގެ ދާއިރާއިން އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި.

    21:43

    ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން: މުހައްމަދު ޖައިލަމް

    21:42

    ދެން ކުރިއަށް އޮތީ ޒުވާނުންގެ އެވޯޑް ލިބޭ ފަރާތްތައް އިއުލާން ކުރުން.

    21:36

    ކުށްކުރުން މަދު ކުރުމަށް ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމާއި ތަފާތު މަސައްކަތްތަކުގެ ހުނަރު ދަސްކޮށްދިނުމުގެ އިތުރުން ނަފްސާނީ މައްސަލަތަކަށް ފަސޭހައިން ހިދުމަތް ހޯދޭނެ ގޮތްތަކެއް ހޯދައި ދިނުން ވެސް ހިމެނޭ

    ޑރ. ޝެހެނާޒް ޕްރެޒެންޓޭޝަން ދެއްވައި-- ފޮޓޯ: ޔޫތު މިނިސްޓްރީ
    21:35

    އެހެން އުމުރުފުރާތަކާ އަޅާބަލާއިރު ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ދަށް ކަމަށް ދިރާސާއިން ދައްކާ

    21:33

    ރިހިބިލިޓޭޝަންގެ ފުރުސަތުތައް ޒުވާނުންނަށް މަދުކަމާއި އެ ފުރުސަތު ފަހިކޮށްދީފައިވަނީ ޒުވާނުންގެ ހާލަތާ އެންމެ އެކަށޭނަ ގޮތަށް ނޫން ކަމަށް ވެސް ދިރާސާގެ ބައިވެރިން ބުނޭ.

    21:32

    ޒުވާނުން ކުށްކުރާ މިންވަރަށް ބަލާއިރު ގިނަ ޒުވާނުން ޓްރެފިކް ގަވައިދާ ހިލާފުވާ ކަމަށް ދިރާސާއިން ދައްކާ. އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީ ހިމެނޭ ކަންކަމުގައި ޒުވާނުން ބައިވެރިވާ ކަމަށް ދިރާސާއިން ދައްކާ.

    21:30

    ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރާގޮތް ރަނގަޅު ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން މުޖުތަމައުއާ އޮންނަ ގުޅުމަށް ކޮންމެ ވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށް ވެސް ދިރާސާއިން ދައްކާ

    21:28

    ދިރާސާގައި ބައިވެރިވި ޒުވާނުން ފާހަގަ ކުރިގޮތުގައި މަތީތައުލީމް ހާސިލު ކުރުމާއި ކުޅިވަރުގެ ފުރުސަތުތައް އަތޮޅުތެރޭގައި މަދު. އެކަމުގެ ސަބަބުން ޒުވާނުންނަށް ހުސްވަގުތު ގިނަވެ، ގޮންޖެހުންތަކާ ކުރިމަތިވޭ.

    21:26

    ޑރ. ޝެހެނާޒް ވިދާޅުވީ އެ ދިރާސާގެ ބައިވެރިން ގަބޫލުކުރާގޮތުގައި ޒުވާނުންނަށް އުނގެނުމާއި ވަޒީފާގެ ފުރުސަތުތަކާއި ކުޅިވަރާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމުގައި މިހާރު ވެސް ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރޭ.

    އެހެންނަމަވެސް އެ ހިދުމަތްތައް ފުޅާކޮށް އެރަށަކާ ގުޅޭގޮތަށް ހިދުމަތްތައް ދިނުމަށް އެ ޒުވާނުން އެދޭ ކަމަށް ވިދާޅުވި

    21:23

    ޑރ. ޝެހެނާޒް ވިދާޅުވީ އެ ދިރާސާގައި ބައިވެރިވެފައިވަނީ 55 ޕަސެންޓް އަންހެނުންނާއި 45 ޕަސެންޓް ފިރިހެނުން ކަމަށް.

    21:18

    އެ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ އެ ޔުނިވާސިޓީގެ ނުވަ މެމްބަރުންގެ ޓީމަކުން އެ ދިރާސާ ހެދީ ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަނެ، ޒުވާނުން ކުށްކުރުމާ ދުރުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކަމަށް.

    21:07އަހުމަދު ސާއިލް އަލީ

    ޔޫތު މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ޒުވާނުންގެ ހާލަތު ދެނެގަތުމަށް ހަދާފައިވާ ދިރާސާ ރިޕޯޓެއް އިފްތިތާހް ކޮށްދެއްވައިފި. އެ ރިޕޯޓް އިފްތިތާހް ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް.

    21:06

    މިއަހަރުގެ މިހާތަނަށް 390 ޒުވާނަކަށް ކައުންސިލިން ދީފައިވާ ކަމަށާއި ޒުވާނުންގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް ވެސް ރިޕޯޓްގައި ބުނި

    21:03

    މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓުން މިއަހަރުގެ މިހާތަނަށް 120 ޒުވާނުން ތަމްރީން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނި

    20:59

    ޖަލްސާގައި ދައްކަމުން އަންނަ ރިޕޯޓެއްގައި ބުނީ ވަޒީފާއަށް ޒުވާނުން އަހުލުވެރި ކުރުމުގެ ގޮތުން މިއަހަރުގެ މިހާތަނަށް 481 ޒުވާނުންނަށް އެކިއެކި ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް.

    20:53އަހުމަދު ސާއިލް އަލީ

    ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ފަށައިފި. މިޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާ.