ޓިކްޓޮކް ބޭނުންކުރާ މީހުންގެ މެދުގައި އެންމެ މަޤްބޫލު ހަނީމޫނު މަންޒިލްގެ ގޮތުގައި ރާއްޖެ ހިމެނިއްޖެއެވެ.

އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑަށް ނަގާކިޔާ އެއް ލަޤްޒަރީ ޓްރެވަލް ކުންފުނި، ކުއޯނީން ހެދި ދިރާސާއަކުން ދައްކާގޮތުގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ މެދުގައި ހަނީމޫނު ހެދުމަށް މިހާރު އެންމެ ކަމުދާ މަންޒިލަކީ ރާއްޖެއެވެ. ކުއޯނީން މި ދިރާސާ ހެދުމުގައި މަޝްހޫރު ޓިކްޓޮކްގެ 445 އަށްވުރެ ގިނަ ޓިކްޓޮކް ހޭޝްޓެގް ވަނީ އެނަލައިޒްކޮށްފައެވެ.

ހަނީމޫނު ހޭދަކުރުމަށް އެންމެ މަޤްބޫލު މަންޒިލްގެ އެއްވަނަ ރާއްޖެއަށް ލިބިފައިވާއިރު، "މޯލްޑިވްސްހަނީމޫން" ހޭޝް ޓެގަށް ވަނީ 3.5 މިލިއަނަށްވުރެ ގިނަ ވިއުސްލިބިފައެވެ. ކުއޯނީން އެކުލަވާލި 10 މަންޒިލެއް ހިމެނެއެވެ.

މި ލިސްޓްގެ ދެވަނަ ލިބިފައިވަނީ 3.3 މިލިއަން ވިއުސް ލިބިގެން އިޓަލީއެވެ. މި ލިސްޓްގައި ހިމެނޭ އިތުރު މަންޒިލްތަކުގެ ތެރޭގައި ބާލީ، ގްރީސް، އެންޓިގުއާ އަދި ބާބިއުޑާ ހިމެނެއެވެ.

ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ހަނީމޫނު ހެދުމަށް ރާއްޖެއަކީ މަޤްބޫލު މަންޒިލެކެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ތެރެއިން ހުދު ދޮންވެލިގަނޑާއި، ރީތިސާފު މޫދާއި ފަރުތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތަކަކީ ދުނިޔޭގެ ފަތުރުވެރިން އަބަދުވެސް އެތަންތަނުގެ ރީތިކަމުގެ ވާހަކަ ދައްކާ ތަންތަނެވެ.