22 Oct 2022, 15:07
ދިރާގުގެ އަޕްގްރޭޑަޑް "ސަޅި މަންތުލީ 2ޖީބީ" އެޑް-އޮންއާއިއެކު ކަސްޓަމަރުންނަށް މިހާރު އިތުރު ޑެއިލީ ޑޭޓާ ލިބޭ ގޮތަށް ދިރާގުން ހަދައިފިއެވެ.
ދިރާގުން ބުނީ އެ އާ އޮފާއާއި އެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު އަށް ޖީބީ ޑެއިލީ ޑޭޓާ، އެންމެ 745ރުފިޔާއަށް ލިބޭނެ ކަމަށެވެ.
ހަމައެއާއެކު، މަހަކު ޖުމްލަ 240ޖީބީ ލިބޭ މި "ސަޅި މަންތުލީ 2ޖީބީ" އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށްދިރާގު އެޕްމެދުވެރިކޮށް ނުވަތަ 343 އަށް "S2GB30" ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
ދިރާގުން ބުނީ، އެ ކުންފިނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.
އެ ޕްރޮމޯޝަންއާ ބެހޭ އިތުރު މަޢުލޫމާތު ދިރާގު ވެބްސައިޓްގެ އެލިންކުންލިބޭނެއެވެ.