23 Oct 2022, 11:42
ލަވަކިޔުންތެރިޔާ މިކާ ސިންހް ލަވައެއްގައި 12 އަހަރުގެ އަންހެން ކުއްޖަކާއެކު ނަށާފައި ވާތީ، އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ބާރަ އަހަރުގެ ރިވާ އަރޯރާ އަކީ ޓީން އިންފްލުއެންސާއެއްގެ ގޮތުން މަޝްހޫރުވެފައިވާ ކުއްޖެކެވެ. އޭނާ ބައެއް ފިލްމުތަކުގެ ސައިޑް ރޯލުތައްވެސް ކުޅެފައިވެއެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ ލަވަކިޔުންތެރިޔާ މިކާ ސިންހް އާއެކުގައެވެ. ރިވާގެ އިންސްޓަގްރާމްގައި އޭނާ ޕޯސްޓުކޮށްފައިވާ ލަވައިން މިކާ އާއެކު ފެނުމުން 'ޗައިލްޑް އާޓިސްޓް'އެއްގެ ބަދަލުގައި ބޮޑު އަންހެނެއްހެން ހެދުން އަޅުވައި މޭކަޕް ކުރުވާފައި ހުރި ކަމަށް ފާޑުކިޔުންތެރިން ބުނެއެވެ. އަދި، އޭނާގެ މައިންބަފައިން މިކަމަށް އެއްބަސްވެ އެކަން ހުއްދަ ކުރަނީ ކީއްވެތޯ ސޯޝަލް މީޑިއާގައި މީހުން ސުވާލުކޮށްފައިވެއެވެ.
"12 އަހަރުގެ ކުއްޖަކު 20 އަހަރުގެ ކުއްޖެއް ގޮތަށް ދައްކައި، ޝޫޓު ކުރުވާއިރު ބެލެނިވެރިން ލަދުގަންނަން ޖެހޭނެ. އެއީ ގްރޭޑް ހަޔެއް ގައި އުޅެންޖެހޭނެ ކިޔަވާ ކުއްޖެއް. އިންޑިއާ މީހުންނަށް ތިބެނީ ކިހިނެއްވެފައިތަ،" ސޯޝަލްމީޑިއާގައި މީހަކު ޕޯސްޓުކޮށްފައިވެއެވެ.
އިތުރު މީހަކު ބުނެފައިވަނީ މިކާ އަކީ 45 އަހަރުގެ މީހެއް ކަމުން، މިއީ ކުޑަކުދިންނަށް ކުރާ ފުރައްސާރަ ޕްރޮމޯޓް ކުރެވުން ކަމަށް ބެލެވޭނެ ކަމަށެވެ.
މީގެ ކުރިންވެސް ރިވާ ވަނީ މިފަދަ ލަވަތަކެއް ކުޅެފައެވެ. އަދި، ފާޑުކިޔުންތައް އަމާޒުވެ މި ލަވަ ސޯޝަލް މީޑިއާ ހެންޑްލްތަކުން ފަހުން ވަނީ ޑިލީޓްކޮށްފައެވެ.
އިންޑިއާގައި މީގެ އެތައް އަހަރެއް ކުރިންވެސް މިފަދަ ކަންކަން ހިނގާފައި ހުރެއެވެ. އެހެންނަމަވެސް، 18 އަހަރު ނުފުރޭ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ ފިލްމާއި ލަވަ ކުޅުން ފަދަ ކަންކަމަށް ހިތްވަރު ނުދިނުމަށް ބޮލީވުޑް ސެލެބްރިޓީން މިހާރު ބާރުއަޅައެވެ. މިކަންކަން ހުއްޓުވުމަށްވެސް ފިލްމީ ތަރިން ގޮވާލައިފައި އެބަހުއްޓެވެ.
View this post on Instagram