23 Oct 2022, 10:16
ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދޭ މަޝްހޫރު ޝޯ ބިގްބޮސް ހުށަހަޅައިދޭ ސަލްމާން ޚާނަށް ޑެންގީ ހުން ޖެހުމުން އެ ޝޯ ހުށަހެޅުމުގެ މަސައްކަތް ފިލްމު ޕްރޮޑިއުސަރު އަދި ޑިރެކްޓަރު ކަރަން ޖޯހަރާ ހަވާލުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މިހާރު ދައްކަމުންދާ ބިގް ބޮސްގެ 16 ވަނަ ސީޒަން ހުށަހަޅައިދޭން ކަރަންއަށް ފުރުސަތު އޭނާ އެކަމަށް ނޫނެކޭ ބުނެފައިނުވެއެވެ. ސަބަބަކީ ސަލްމާނަކީ އޭނާގެ ގާތް އެކުވެރިއަކަށް ވެފައި ސަލްމާނަށް ނޫނެކޭ ނުބުނުމަށެވެ. އަދި، ކަރަން ޖޯހަރުގެ 'ކުޗް ކުޗް ހޯތާހޭ'ގައި ސަލްމާން ކުޅެފައިވާ ރޯލަކީ އެ ދުވަސްވަރު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ކުޅެން ދެކޮޅު ހެދި ރޯލެއް ކަމުން އެކަމުގެ ބަދަލެއްގެ ގޮތުން ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ޑެންގީ ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ ސަލްމާން އަންނަ ހަފުތާގައި ބިގްބޮސްގެ 'ވީކެންޑް ކަ ވާރް އެޕިސޯޑު'ން ފެންނާނެއެވެ.
ރިއަލިޓީ މި ޝޯއަކީ، ޑަޗް އުފެއްދުމެއް ކަމަށްވާ 'ބިގް ބަރަދާ'ގެ ފްރެންޗައިސް ޝޯ އެކެވެ. މި ޝޯގެ ފުރަތަމަ ދެ ޝޯ ހުށަހަޅައިދީފައިވަނީ އަރުޝަދު ވަރްސީ އެވެ. އެއަށްފަހު، ތިން ވަނަ ސީޒަން އަމީތާބު ބައްޗަން ހުށަހަޅައި ދިނުމަށްފަހު ހަތަރުވަނަ ސީޒަނުން ފަށައިގެން ޝޯ ހުށަހަޅައިދެމުން ދަނީ ސަލްމާނެވެ. އަދި މިއީ ސަލްމާންގެ ޓީވީ އެޕިއަރެންސް މެދު ނުކެނޑި ފޭނުންނަށް ފެންނަ ހަމަ އެކަނި ޝޯއެވެ.