މިއަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ ދަރުބާރުގޭގައި ބޭއްވި ޤައުމީ އިނާމުދިނުމުގެ ޖަލްސާގައެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް ދެއްވާފައިވާއިރު، އޭގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ޤައުމީ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 10 ބޭފުޅުންނަކީ:

1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުޙައްމަދު ޝާހިދު ޙަލީމް، މ. ޑައިމަންޑްވެލީ
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ
3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: ޢަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ
4. ތަޢުލީމީ ދާއިރާއިން: ޑޮކްޓަރ އަޙްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ
5. ޞިއްޙީ ދާއިރާއިން: އަޙްމަދު ނާޝިދު، ހ. ރަންރިބުދޫ
6. ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން: މުޙައްމަދު ޒާހިރު، މއ. ކިނާރާހައުސް
7. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: ޒަރީނާ އަޙްމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު
8. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަޙްމަދު ޢަލީމަނިކު، ގ. ވިޔަވަތި
9. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: މުޙައްމަދު ޞާލިޙް، މ. ޝުއާޒް
10. މަސައްކަތްތެރިކަމުގެ ދާއިރާއިން: ޢާބިދާ އިސްމާޢީލް ޢަލީ، މ. ކަނޑޫކުރި

ޤައުމީ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 19 ބޭފުޅުންނާއި، 3 ފަރާތަކީ:

1.ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ މުޙައްމަދު ވަޙީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު
2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އައްޝައިޚް އިލްޔާސް ޙުސައިން، ސިޕަރ، ސ. ހިތަދޫ
3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ
4. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން: އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ
5. ތަޢުލީމީ ދާއިރާއިން؛ ތަޢުލީމު އުނގަންނައިދިނުމުގެ ރޮނގުން: ޢަލީ ނަޞީރު، ހ. ވުޑްލޭންޑް
6. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
7. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގެ ރޮނގުން: ޢާއިޝަތު ޒަޢީމާ، ހުސްނޫވިލާ، މ. މުލައް
8. ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ
9. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197)
10. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށާއި، ދިވެހީން އަހުލުވެރި ކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: މަރްޔަމް ނޫރައްދީން، މ. ތާނގީދޮށުގެ
11. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމުގެ (ވޮލަންޓިއަރިޒަމް) ރޮނގުން: ޢަބްދުﷲ ޢަލީ، ރަބީޢުގެ، ށ. ފުނަދޫ
12. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ލޭ ހަދިޔާކުރުމުގެ ރޮނގުން: ޢަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު
13. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން؛ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
14. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ވިޔަފާރީގެ ގޮތުގައި އެކިއެކި މަސައްކަތްކުރުމުގެ ރޮނގުން: ޢަދީލް އިސްމާޢީލް، މ. ސަންބީމް
15. މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: ޖޫދީ ޚާލިދު، ހ. ވަޅުފެހި
16. ޑައިވިންގގެ ދާއިރާއިން؛ ރިކްރިއޭޝަނަލް ޑައިވިންގގެ ރޮނގުން: ފަހުދު ފާއިޒް، މ. ގްލެންވިލާ
17. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ ދިވެހީން ބިނާކޮށް އެމީހުން މަސައްކަތަށް ނެރުމުގެ ރޮނގުން: ޢާއިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ
18. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ޒިންމާދާރު ނޫސްވެރިކަންކުރުމުގެ ރޮނގުން: މުޙައްމަދު ޙަމްދޫން، އަތިރީގެ، ސ. ހުޅުދޫ
19. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން: ސާރޖަންޓް މޭޖަރ އިސްމާޢީލް މާދީ، މއ. ބެލްޖިއަމްގެ
20. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: މުޙައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް
21. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން: ޑީ ޓިއުން ބޭންޑް
22. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ޙަސަން ފަރުޙާން މުޙައްމަދު، މ. މިޓްރީޕާރކް

ޤައުމީ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ގައުމީ އިނާމު އެންމެ ފުރަތަމަ ދޭން ފެށީ 1979 ވަނަ އަހަރެވެ. އެ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި މަހުގެ 27 ވީ ހުކުރު ދުވަހުގެ ރޭ ދާރުލްއުލޫމްގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމީ އިނާމު ދެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.