ކްލައުޑް ގޭމިންގެ ދާއިރާއަށް ނެޓްފްލިކްސް ފުޅާކުރުމަށްޓަކައި، ދެކުނު ކެލިފޯނިއާގައި އާ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

ނެޓްފްލިކްސްގެ ވީޕީ އޮފް ގޭމިން މައިކް ވާޑޫ ވަނީ ސްޓްރީމިން ޖަޔަންޓް ނެޓްފްލިކްސް ގޭމިން ދާއިރާއަށް ވަނުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ވާޑޫ ބުނީ ނެޓްފްލިކްސް އިން ދަނީ "ކްލައުޑް ގޭމިން އޮފާއެއް ސީރިއަސްކޮށް ތަހުގީގު ކުރަމުން" ކަމަށެވެ. އަދި ދެކުނު ކެލިފޯނިއާގައި އާ ގޭމިން ސްޓޫޑިއޯއެއް ވެސް އެ ކުންފުނިން ހުޅުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ގޫގުލްގެ ސްޓޭޑިއާ އާއި އެމެޒޯންގެ ލޫނާ އިންވެސް ވަނީ ވީޑިއޯ ގޭމްތައް ވިއްކަން މަސައްކަތްކޮށްފައެވެ. އެކަމަކު މި ހިދުމަތްތަކަށް ތަޢާރަފް ކުރުމުގައި އެ ދެކުންފުންޏަށްވެސް އުނދަގޫތަކެއް ކުރިމަތިވި އެވެ. އެގޮތުން ގޫގުލް އިން ދާދި ފަހުން ބުނެފައި ވަނީ ޖެނުއަރީ މަހު ސްޓޭޑިއާ ބަންދުކުރާނެ ކަމަށެވެ.

"ގޫގުލްގެ ސްޓޭޑިއާގައި ގޭމްތައް ސްޓްރީމިން ކުރުމަށް ހެދިފައިވާ އުސޫލު ބިނާވެފައި އޮތީ ވަރުގަދަ ޓެކްނޮލޮޖީގެ ބިންގަލެއްގެ މައްޗަށް ނަމަވެސް، އަޅުގަނޑުމެން ހީކުރި ގޮތަށް ޔޫޒަރުންނާ އެކު ޓްރެކްޝަން ނުލިބޭތީ އަޅުގަނޑުމެންގެ ސްޓޭޑިއާ ސްޓްރީމިން ހިދުމަތް ހުއްޓާލަން ނިންމާފައި މިވަނީ،" ސްޓޭޑިއާގެ ވީޕީ އަދި ޖީއެމް ފިލް ހެރިސަންގެ ބްލޮގް ޕޯސްޓެއްގައި ވެއެވެ.

ވަރޑޫ ދެކޭ ގޮތުގައި ގޫގުލް އަށްވެސް އަދި އެމެޒޯންއަށްވެސް އެކަން އުނދަގޫވީ އެ އުފެއްދުންތަކުގެ ވިޔަފާރީގެ މޮޑެލްތަކުގެ ސަބަބުންނެވެ. އޭނާ ބުނީ އެއީ ފަހަރެއްގައިވެސް ޓެކްނޮލޮޖީގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށެވެ.

“ސްޓޭޑިއާ އަކީ ޓެކްނިކަލް ކާމިޔާބީއެއް. ސްޓޭޑިއާގައި ގޭމް ކުޅުމަކީ މަޖާ ކަމެއް،” ވާޑޫ ބުންޏެވެ. “އޭނާ އިތުރަށް ބުނީ އެކަން ކުރިއަށްޤ ގެންދިއުމުގައި ގޫގުލްއަށް ހުރަސްތަކެއް ކުރިމަތިވީ ޓެކްނޮލޮޖީގެ އުނިކަމަކުން ނޫންކަމަށެވެ. އެކަމަކު އެމައްސަލަތަކެއް ފެންމަތިވީ އެ ގޭމިންގެ ވިޔާފާރީގެ ވައްތަރުތަކުގެ ސަބަބުންކަމަށެވެ.

ސްޓޭޑިއާ އާއި ލޫނާގައި ވެސް ޑެޑިކޭޓެޑް ކޮންޓްރޯލަރުތަކެއް ހުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ނެޓްފްލިކްސް ގޭމިން ކޮންޓްރޯލަރެއް ލިބޭނެ ކަމަށް އިއުލާން ކުރަން ވާޑޫ ފަސްޖެހުނެވެ.

ނަމަވެސް އޭނާ ހާމަކުރި ގޮތުގައި ނެޓްފްލިކްސް އިން ދަނީ ދެކުނު ކެލިފޯނިއާގައި އިންޓާނަލް ސްޓޫޑިއޯއެއް ހުޅުވައިގެން ގޭމް ޑިވެލޮޕްމަންޓް ވަރުގަދަ ކުރަމުންނެވެ. މިއީ އެ ކުންފުނީގެ ފަސް ވަނަ ސްޓޫޑިއޯއަށް ވާއިރު، ހަމަ މިދިޔަ މަހު ނެޓްފްލިކްސް އިން ފިންލޭންޑްގެ ހެލްސިންކީގައި ފިހާރައެއް ގާއިމްކޮށްފައި ވެއެވެ.
ނެޓްފްލިކްސް އިން ތަޢާރަފްކުރާ ފަސްވަނަ ސްޓޫޑިއޯއެވެ. އޭގެ ތެރޭގައި ބޮސް ފައިޓް އެންޓަޓެއިންމަންޓާއި ނައިޓް ސްކޫލް ސްޓޫޑިއޯ އަދި ފިންލޭންޑްގެ ނެކްސްޓް ގޭމްސް ހިމެނޭއިރު، އެ ސްޓޫޑިއޯ ވެސް ފަރުމާކޮށްފައިވަނީ ތަފާތު ރަހަތަކަށް ކެޓަރިން ގޭމްތައް އުފެއްދުމަށެވެ.

ކެލިފޯނިއާގެ އާ ސްޓޫޑިއޯ ލީޑް ކުރާނީ “އޯވަރވޮޗް” ގެ ކުރީގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ޗަކޯ ސޮނީއެވެ. ބްލިޒާޑް އެންޓަޓެއިންމަންޓްގައި “އޯވަރވޮޗް” އަށް ބޮޑު ކާމިޔާބީއެއް ލިބި، އެތައް ބިލިއަން ޑޮލަރެއް ހޯދިއެވެ. ސޮނީން މިދިޔަ އަހަރު ބްލިޒާޑް ދޫކޮށްލިކަން އިއުލާން ކުރީ ޑޮމިނޭންޓް ގޭމިން ކުންފުނީގައި ޖިންސީ ގޯނާ އާއި ތަފާތުކުރުމާ ގުޅޭ ގޮތުން ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީން) ކުރި ތަހުގީގަށް ފަހުއެވެ.

ގޭމިން އަށް ވަދެފައިވާކަން އިއުލާންކުރި ފަހުން ނެޓްފްލިކްސްގެ އަމިއްލަ ސްޓޫޑިއޯތަކުގައި 14 ގޭމް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރުވެސް އެމީހުންގެ އެ ޕްލެޓްފޯމުގައި 35 ގޭމް އެބަހުއްޓެވެ. ވާޑޫ ބުނީ ޖުމްލަކޮށް ބަލާއިރު މިވަގުތު “އިން ފްލައިޓް”ގައި 55 ގޭމް ކުޅެފައިވާ ކަމަށެވެ. މި ގޭމްތަކުގައި “ސްޓްރޭންޖަރ ތިންގްސް” ފަދަ އޮރިޖިނަލް އައިޕީއަށް ބިނާކޮށް ތަޖުރިބާތަކުގެ އިތުރުން “ސްޕޮންޖްބޮބް ސްކުއަރޕެންޓްސް” ފަދަ ލައިސަންސް ލިބިފައިވާ އައިޕީތައް ހިމެނެއެވެ. ނެޓްފްލިކްސް އިން ދަނީ އޮރިޖިނަލް ގޭމްތައް ވެސް ތަރައްގީ ކުރަމުންނެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ %50 ނެޓްފްލިކްސް އައިޕީ އަށްވާން ، އެކަން ހާޞިލްވާން އަދި ވަގުތު ނަގާނެ" ވާޑޫ ވިދާޅުވިއެވެ.

ގޭމިން ސްޓޫޑިއޯ ލޯންޗުކުރުމާއި ކްލައުޑް ގޭމިން ޕްލޭންތަކުގެ ޚަބަރުތައް ފެތުރެމުން މިދަނީ ނެޓްފްލިކްސް އިން ތިން ވަނަ ކުއާޓަރުގެ އާމްދަނީ އިއުލާން ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނެޓްފްލިކްސް އިން ލަފާކޮށްފައި އޮތީ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާއެއްގެ ގޮތުގައި 1 މިލިއަން ސަބްސް ލިބޭނެ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 7.93 ޑޮލަރުގެ ރެވެނިއުއެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެނަލިސްޓުން ލަފާކޮށްފައިވަނީ 7.85 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.