އިންސާނާގެ ދިރިއުޅުމަށް ހީނުކުރާ ފަދަ އެތައް ބައިވަރު ފަސޭހަތަކެއް ޒަމާނީ ޓެކްނޮލޮޖީ މިއަންނަނީ ގެނެސްދެމުންނެވެ. ސްކޭންމާކާ އެއާ އަކީވެސް އެފަދަ ބޮޑުފަސޭހައެއް ލިޔެކިޔުމުގެ ދާއިރާއަށް ގެނެސްދިން އަޖައިބެއް ފަދަ ޓެކްނޮލޮޖީއެކެވެ. އޭގެ ފުރިހަމަކަމާއި، ބޭނުންތެރިކަމުގެ ސަބަބުން އޭގެ މަގުބޫލުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ސްކޭންމާކަރަކީ ކަރުދާހެއްގައި ލިޔެފައިވާ ނުވަތަ ޕްރިންޓް ކޮށްފައިވާ ލިޔުމެއް ކޮމްޕިއުޓަރުގައި އަލުން ޓައިޕްކުރުމުގެ ބަދަލުގައި، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ސީދާ ކޮމްޕިއުޓަރަށް ނުވަތަ އެހެންވެސް އެފަދަ ޑިވައިސްއަކަށް ސްކޭން ކޮށްލުމާއެކު ފޮނުވާލެދޭ ޚާއްޞަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތެކެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ ޓޮޕްސްކޭން ލިމިޓެޑްއިން އުފައްދާފައިވާ ސްކޭންމާކަރު އެއާއަކީ އެއް ތަނުން އަނެއް ތަނަށް އުފުލަން ފަސޭހަ ގޮތަކަށް ޑިޒައިން ކޮށްފައިވާ އަދި ބްލޫޓޫތު ކަނެކްޝަން މެދުވެރިކޮށް ކޮމްޕިއުޓަރާއި ސްމާޓްފޯނު ނުވަތަ ޓެބްލެޓަށް ވަޔަލެސްކޮށް ގުޅާލެވޭ ވަސީލަތެކެވެ.

ސްކޭންމާކަރުގައި ބޭނުންކޮށްފައި ވަނީ އެ ކުންފުނީގެ އަމިއްލަ، ޕޭޓެންޓް ކޮށްފައިވާ ޓެކްނޮލޮޖީއެވެ. އޭގައި ހިމެނިފައިވާ ޚާއްޞަ ފީޗާތަކެއްގެ ސަބަބުން ކިތަންމެ ދިގު ލިޔުމެއް ވިޔަސް އެ މާކަރު ދިމާކޮށްލުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްކޭން ކޮށްލައެވެ. އަދި އޭތި ކަނެކްޓް ކޮށްފައިވާ ޑިވައިސްއަކަށް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ފޮނުވާލައެވެ.

ކޮމްޕިއުޓަރަށް ނޫނަސް ސްމާޓް ފޯނަށްވިޔަސް އަދި އެފަދަ ޑިވައިސް އެއްގައި ހުންނަ ޚާއްޞަ އެޕަކަށްވިޔަސް އެމާކަރުގެ ޒަރީއާއިން ލިޔުންތައް ފޮނުވާލަދެއެވެ. ކޮންމެހެން އިތުރު ސްކޭނަރެއްގެ އެހީ ހޯދާކަށް ނުޖެހެއެވެ. ނުވަތަ ފޮޓޯނަގާކަށްވެސް ނުޖެހެއެވެ.

ސްކޭންމާކަރު އެއާ އަކީ ވިންޑޯޒް، މެކް، އެޕަލް އައިއޯއެސް އަދި އެންޑްރޮއިޑްގެ ހުރިހާ ޑިވައިސްތަކަކާ ވެސް ގުޅާލެވޭނެ ޑިވައިސްއެކެވެ. ސްކޭންމާކަރުން ލިބޭ ވަޔަލެސް ޕެން ސްކޭނާއިން އެތައް ހާސް ގަޑިއިރެއްގެ ވަގުތު ސަލާމަތް ކޮށްދޭއިރު، ލިޔެކިޔުންތަކާއި ފޮތްތަކުން އެއްވެސް ލިމިޓެއް ނެތި އަދި އަލުން ޓައިޕް ކުރުމުގެ ބަދަލުގައި، ޕެން ސްކޭނަރުން ސިކުންތުކޮޅެއްގެ ތެރޭގައި ލިޔުން ކޮޕީކޮށް، ސީދާ އެ ޑިވައިސްއަށް ބަދަލު ކޮށްލަދެއެވެ.

ސްކޭން މާކަރުގެ އެންމެ ޚާއްޞަ އަނެއް ކަމަކީ ސްކޭންކުރާ ލިޔުން ވަގުތުން 70 އަށް ވުރެ ގިނަ ބަހަށް ތަރުޖަމާ ކުރެވޭކަމެވެ. މިއީ ތަފާތު ބަސްތަކުން ލިޔެފައި ހުންނަ ލިޔުންތައް އަމިއްލަ މާދަރީ ބަހުން ކިޔާލަން ލިބޭ ފުރުޞަތެކެވެ.

މި ސްކޭނަރަކީ ނުވަތަ މާކަރަކީ ބޭނުންވި ކޮންމެ ތަނެއްގައިވެސް ބޭނުން ކޮށްލެވިދާނެ ޕޯޓަބަލް ޑިވައިސްއެކެވެ. މިސާލަކަށް ލައިބްރަރީގައި، އޮފީހުގައި، ނުވަތަ ދަތުރުމަތީގައި ވިޔަސް އެ ވަސީލަތް ބޭނުން ކޮށްލެވޭނެއެވެ. މިއީ ކިޔަވާ ކުދިންނަށްވެސް އަދި މަސްކަތް ކުރާ މީހުންނަށް ވެސް ރަނގަޅު ޑިވައިސްއެކެވެ.

ސްކޭން މާކަރުގެ އެހީގައި ކޮމްޕިއުޓަރާއި ސްމާޓްފޯނާއި ޓެބްލެޓްތަކުގައި އެޑިޓްކުރުމާއި، އަޑުއިވޭގޮތަށް ކޮމަން ވޮއިސްއެއްގެ އެހީގައި ކިޔުމާއި، ތަރުޖަމާކުރުމުގެ ފީޗާތައް ހިމެނޭއިރު، މެކް އަދި ވިންޑޯޒް ޑެސްކްޓޮޕް އަދި އެންޑްރޮއިޑް އާއި އައިއޯއެސް މޯބައިލް ޑިވައިސްތަކާވެސް ފަސޭހަކަމާއެކު ގުޅާލެވެއެވެ.

ސްކޭންމާކަރު ހުރިހާ ޑިވައިސްއަކާ ވެސް ބްލޫޓޫތުން ގުޅާލެވޭއިރު ޔޫއެސްބީ މެދުވެރިކޮށް ވެސް އެ ސްކޭނަރާއި ޑިވައިސްތަކާ ގުޅާލެވޭނެއެވެ.