19 Oct 2022, 11:06
ފިކްޝަނަލް ތުރިލާ ތަނާވް އަންނަ އަންނަ މަހު ސޮނީ ލައިވް އިން ސްޓްރީމް ކުރެވޭނެއެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިސްރާއިލްގެ ސީރިޒް 'ފައުދާ' އަސްލަކަށް ބަލައިގެން ހަދާފައިވާ ހިންދީ ރިމޭކް 'ތަނާވް'ގައި ދައްކުވައިދެނީ 2017 ވަނަ އަހަރު ކަޝްމީރުގައި ހިނގައިދިޔަ ހާދިސާތަކެވެ. އަދި، އެކަމުގައި އުޅުނު ސްޕެޝަލް ޔުނިޓެއްގެ ހިވްރުގަދަ ވާހަކަތަކާއި ބަދަލު ހިފުމާއި ލޯތްބާއި ގެއްލުން މި ސޯޝިއޯ – ޕޮލިޓިކަލް އެކްޝަން ސީރީޒްގައި ފެންނާނެއެވެ.
މި ސީރީޒްއާ ގުޅޭގޮތުން، އެކްޓަރު މާނަވްޖީ ބުނެފައިވަނީ ތަނާވް އަކީ ބެލުންތެރިން ދަމައިގަންނާނެ ފަދަ ސީރީޒްއެއް ކަމަށެވެ. އެކި ކަހަލަ ތަފާތު ކެރެކްޓާތަކެއް ހިމަނައިގެން ފުރިހަމަ ސްޓޯރީ އެއް ގެނެސްދީފައިވާއިރު އެންމެންގެ ވާހަކަތަކުން ސީރީޒްގެ ސްޓޯރީއަށް ރަނގަޅު ނިމުމެއް ގެނެވޭނެ ކަމަށެވެ.
"ޑައިރެކްޓަރު ސުދީރު އާއި ސަޗިން އާއެކު މަސައްކަތް ކުރެވުނީތީ އުފާކުކަން. ތަނާވްގެ ޝޫޓިން އިން ގަބޫލު ކުރެވުނު ޓީމްވޯކް އަކީ ކިހާ މުހިއްމު ކަމެއްކަން. އެކަމަށް އެކްޓަރެއްގެ ގޮތުގައި ޝުކުރުވެރިވަން" މާނަވްޖީ ބުންޏެވެ.
ތަނާވް އުފައްދާފައިވަނީ އެޕްލައުސް އެންޓަޓެއިންމަންޓުންނެވެ. މި ސީރީޒް އުފެއްދުމުގައި އިސްރާއިލް ސީރީޒް އުފެއްދި އަވީ އިސަޝަރޮފް އާއި ލިއޯ ރާޒް މަސައްކަތް ކޮށްފައިވާއިރު ކާސްޓުންގެ ގޮތުގައި، މާނަވްޖީ އާއި އަރްބާސް ޚާން އާއި ސުމިތު ކައުލް އާއި ރާޖަތު ކަޕޫރު ހިމެނެއެވެ.
ސީރީޒް އަށް ލީޑް ރޯލުތަކުގެ ގޮތުގައި 15 އަށް ވުރެ ގިނަ މީހުން ވަނީ ކާސްޓުކޮށްފައެވެ.