އެމްފައިސާ މެދުވެރިކޮށް މިހާރު ޑްރީމްއިން ގެސްޓްހައުސްއަށް ފައިސާ ދެއްކޭނެ ގޮތް އޫރިދޫން ހަދައިފިއެވެ.

ޑްރީމްއިން ގެސްޓްހައުސް އަކީ ކ. ތުލުސްދޫގައި ހުންނަ ގެސްޓްހައުސްއެކެވެ.

އެ ގެސްޓް ހައުސްއަކީ ތުލުސްދޫގައި މީހުންނަށް ޗުއްޓީ ހޭދަކޮށްލަން ގޮސް ފަސޭހަކަމާއެކު މަޑުކޮށްލެވޭ ގެސްޓްހައުސްއެކެވެ.

މިއީ އެމްފައިސާ މެދުވެރިކޮށް ގެސްޓްހައުސް އަކަށް ފައިސާ ދެއްކޭ ފުރަތަމަ ފަހަރެވެ.

އުރީދޫ އެމްފައިސާއަކީ ފައިސާ ޖަމާ ކުރުމަށާއި ފައިސާ ނެގުމަށާއި ޓްރާންސްފާ ކުރުމަށް އަދި ވިޔަފާރި ކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު އަދި ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތެކެވެ.

އެމްފައިސާ ހިދުމަތަށް އުރީދޫ އެޕްލިކޭޝަނުންރަޖިސްޓްރީކުރެވޭނެއެވެ. އަދި މި ހިދުމަތަށް ރަޖިސްޓްރީ ކުރާނެ ގޮތް އުރީދޫ ވެބްސައިޓުން ބަލައިލެވޭނެއެވެ.