19 Oct 2022, 09:12
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުރިސްޓަލް ޕެލަސް އާއި ވޮލްވްސް ބައްދަލުކުރިމެޗު ކްރިސްޓަލް ޕެލަސް ކާމިޔާބުކޮށް ތާވަލްގެ ކުރި ހޯދުމަށް އެޓީމު ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު އުއްމީދެއް ލިބިއްޖެއެވެ.
ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މިމެޗު ކްރިސްޓަލް ޕެލަސް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ވުލްވްސްއެވެ. އެއީ މެޗުގެ 31 ވަނަ މިނެޓް ތެރޭގައި އެޑަމާ ޓްރައުރޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުން ވުލްވްސް ލީޑު ނަގާފައިވަނިކޮށް ކްރިސްޓަލް ޕެލަސްއަށް އެއްވަރުކޮށްދިނީ 46 ވަނަ މިނެޓް ތެރޭގައި އެޒޭއެވެ. މެޗުން ކުރިސްޓަލް ޕެލަސް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ 70 ވަނަ މިނެޓް ތެރޭގައި ޒަހާއެވެ. މިއީ ޕްރިމިއާ ލީގްގައި ޒަހާގެ 5 ވަނަ ގޯލެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ބްރައިޓަން އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޭ ކުޅުނު މެޗުތަކަށްފަހު ޕްރިމިއާ ލީގް ޕޮއިންޓް ތާވަލަށް ބަލާއިރު، 15 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގަ ބްރައިޓަން އުޅޭއިރު، ކްރިސްޓަލް ޕެލަސް އުޅެނީ 13 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ. ނުވަ ޕޮއިންޓާއެކު 17 ވަނައިގައި ވުލްވްސް އުޅޭއިރު، ނޮޓިންހަމް ފޮރެސްޓް އުޅެނީ ތާވަލްގެ ފުލުން ދެވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ބްރެންޓްފޯޑް ޗެލްސީއާ ދެކޮޅަށް ނިކުންނައިރު، ލިވަޕޫލް ނިކުންނާނީ ވެސްޓްހޭމް އާ ދެކޮޅަށެވެ.