19 Oct 2022, 09:47
އެޕަލްގެ ޕްރޮޑަކްޓް ޕްލޭންތަކާ ބެހޭ ގޮތުން ޞައްޙަ ރިޕޯޓް ކުރުމުގެ ދިގު ތާރީޚެއް އޮތް ބްލޫމްބާގްގެ ޓެކް ރިޕޯޓަރެއް ކަމަށްވާ މާކް ގުރްމަން އާއި އެހެނިހެން ބައެއް ލީކްތަކުން އެނގިފައިވާ ގޮތުގައި އެޕަލް އިން ވަނީ އާ އައިޕެޑްތައް ތައާރަފްކޮށް، އައިޕެޑްއޯއެސް 16ގެ އަޕްޑޭޓެއް ވަރަށް އަވަހަށް ލިބޭނެކަން ވެސް އިއުލާންކޮށްފައެވެ.
އާ އައިޕެޑްއޯއެސް 16 މިހާރުވެސް ތަޢާރަފް ކޮށްފައިވާއިރު، މިއީ އައިޕެޑް ތަކަށް ކުރިއެރުންތައް ގެނެސްދޭނެ އަޕްޑޭޓެއްކަން ކަށަވަރެވެ. އައިޕެޑް ޕްރޯ މޮޑެލް، އައިޕެޑް މިނީ 5، އައިޕެޑް އެއާ ތިން ވަނަ ޖީލާއި ފަހުގެ، އަދި އައިޕެޑް 5 އަދި ފަހުގެ ފޯނުތައް ފަދަ ހުރިހާ ޑިވައިސްތަކަށް އޮކްޓޯބަރު 24 އިން ފެށިގެން އައިޕެޑްއޯއެސް 16.1 ލިބޭނެއެވެ.
އައިޕެޑްއޯއެސްގެ އެންމެ ރަނގަޅު އެއް ފީޗާ ކަމަށްވާ 'ސްޓޭޖް މެނޭޖާ' ގެ ކުދިކުދި މައްސަލަތައް މިހާރު ރަނގަޅުކޮށްފައިވާއިރު، އެންމެފަހުގެ އަޕްޑޭޓްގައި އޭގެ މަލްޓިޓާސްކިން ފީޗާ ގެނެސްދީފައިވެއެވެ. މި ފީޗާގެ އެހީގައި ތަފާތު އެޕްތަކުގެ އެތައް ވިންޑޯއެއް އެއްފަހަރާ ސްކްރީންގައި ހުޅުވައި، އެއް ވިންޑޯއިން އަނެއް ވިންޑޯއަށް ފައިލްތައް ފަސޭހައިން ބަދަލުކުރެވޭނެއެވެ.
އަދި ސްޓޭޖް މެނޭޖާ ފީޗާގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އައިޕެޑަށް އެކްސްޓަރނަލް މޮނިޓާ ސަޕޯޓް ނުވަތަ އައިޕެޑްގެ ބައެއް އެޕްލިކޭޝަންތައް އެހެން ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތްވެސް ލިބިގެންދާނެއެވެ. ހަމަ ކުރިން އޮތް ގޮތަށް މި ފީޗާ އެމް1 އައިޕެޑް ޕްރޯ މޮޑެލްތަކަށް ވެސް ލިބޭނެ ކަމަށާއި، މިހާރު އެމް2 ޕަވަރޑް އާ އައިޕެޑް ޕްރޯ 2022 އަށް ވެސް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އައިއޯއެސް 16 އާ އެއްގޮތަށް އައިޕެޑްއޯއެސް 16 ގައި ވެސް އަންޑު ސެންޑް، އެޑިޓިން، މާކް އެސް އަންރީޑް، އަދި އެހެނިހެން ނިފްޓީ މެސެޖިން ފީޗާސްތައް ގެނެސްދެއެވެ. މި އޯއެސްގައި ހިމެނޭ މެއިލް އެޕަށްވެސް އަންޑު ސެންޑް ފީޗާ ލިބޭނެއެވެ. މީގެ އިތުރުން އައިއޯއެސް 16 ގައި ލިބެން ހުރި 'މެސެޖް ޝެޑިއުލް ސެންޑް ފީޗާ' ނުވަތަ ޝެޑިއުލް ކޮށްގެން މެސެޖް ފޮނުވާގޮތް މިހާރު އައިޕެޑްއޯއެސް 16 އާއެކު އައިޕެޑްތަކުގައި ވެސް ލިބެން ހުންނާނެއެވެ.
އައިޕެޑްއޯއެސްގައި މިހާރު، އައިއޯއެސް 16ގެ އައިފޯނުތަކުގައި ހުންނަ ފަދައިން މޫސުމާ ބެހޭ އެޕެއް ލިބިފައިވާއިރު، ސަފާރީ އާއި އެކު ބެޓަރ ޕާސްކީސް ސައިންއަޕް ނުވަތަ ޕާސްވޯޑެއް ނުޖަހާ ސައިން އަޕް ކުރުމާއި އަލުން ޑިޒައިންކޮށްފައިވާ ގޭމް ސެންޓާ ޑޭޝްބޯޑެއް ވެސް އާ އޯއެސް އާއެކު ލިބޭނެކަމަށްވެއެވެ.
'ލައިވް ޓެކްސްޓް ކުއިކް އެކްޝަންސް' ނުވަތަ ވަގުތުން ލިޔުމެއް ނުވަތަ މެސެޖެއް ފޮނުވާލެވޭ ފީޗާއަކީ އައިޕެޑްއޯއެސް 16 ގައި އާ ފީޗާއެއް ކަމުން ފައިސާ ބަދަލުކޮށް، ބަސްތައް ތަރުޖަމާކޮށް، އަދި އެތައް ކަމެއް ކުރެވޭނެ ފީޗާއެކެވެ.
ވީޑިއޯ އަށް ލައިވް ޓެކްސްޓާއި، ފޮރުވިފައިވާ އަލްބަމަށް ލޮކްކޮށް ހުޅުވުމާއި، ބަޑީ ކޮންޓްރޯލް ފަދަ އަދި އިތުރު ފީޗާސްތައް އާ އައިޕެޑްއޯއެސް 16 ގައި ލިބެން ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.