18 Oct 2022, 12:06
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ފަހި ފުރުސަތުގެ ނަމުގައި ކުރިއަށްގެންދާ ޖޮބް ފެސްޓިވަލް އަންނަ މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޔޫން އިން ބުނީ އެ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޔޫ ފަހި ފުރުސަތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 10ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ އިވެންޓް ކުރިއަށް ދާނީ އެ ދެ ދުވަހުގެވެސް ހަވީރު 16:00އިން ރޭގަނޑު 22:00އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.
އެންމެ ފަހުން އެ ފެސްޓިވަލް ބޭއްވީ ހަމައެކަނި އެމްއެންޔޫ މާލޭ ކެންޕަހުގައި އެކަންޏެވެ.
ނަމަވެސް ކުރީ ފަހަރު ލިބުނު ތަރުހީބު ބޮޑުކަމުން، އެމްއެންޔޫ އިން ބުނީ މިފަހަރުގެ ފެސްޓިވަލް އަތޮޅު ކެންޕަސްތަކުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޔޫ އިން ބާއްވާ ވަޒީފާގެ މައުރަޒަކީ ރާއްޖޭގެ ވަޒީފާތައް އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ މީހުންނަށް އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ މީހުންނާ ގުޅުވައިދޭ ބާޒާރެކެވެ.
އެމްއެންޔޫން ބުނީ އެ ވަޒީފާގެ މައުރަޒު ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއަސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާއްމުންނަށް ދައްކާލެވޭނެ ފުރުސަތުތައް ތަނަވަސް ކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.
އާއްމުންނާއި ހިސާބަށް ފޯރުކޮށްނުދެވިހުރި އެކި ކަހަކަ ފުރުސަތުތަކާއި ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާއްމުންނާ ހަމައަށް ގެނެސްދެވޭނެ މާހައުލެއް އުފެއްދުމާއި ރާއްޖޭގައި ހުރި އެކި ކަހަލަ ސިނާއީ ފުރުސަތުތަކާ ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުމާއި އެފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމަކީ ވެސް އެ ފެސްޓިވަލް ބޭއްވުމުގެ މަގްސަދެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.
ހަމައެއާއެކު، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން އުފެއްދުންތެރިންނަށް އެފަދަ ފުރުސަތެއް އެމްއެންޔޫ ތެރެއިން ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުން ވެސް އެ ޖޮބް ފެސްޓިވެލް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި އަހަރުގެ ޖޫން މަހުގައި ބޭއްވި ފުރަތަމަ އެމްއެންޔޫ ފަހި ފުރުސަތުގައި އެމްއެންޔޫގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއަސަސާތައް ހިމެނޭ ގޮތަށް ޖުމުލަ 32 ފަަރާތަކުން ވަނީ ބައިވރިވެފައެވެ.
އެމްއެންޔޫ އިން ބުނީ އަންނަ މަހު ބާއްވާ ޖޮބް ފެސްޓިވަލްއަށް "ފުރާތަ މުޖުތަމައަށް އަނބުރާ ދިނުން" ޝިއާރުގެ ދަށުން ހުރިހާ ފަރާތްތަކަށް ވެސް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
މިފަހަރު އެމްއެންޔޫ ފަހި ފުރުސަތުގަ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ފޯމު ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.