އިޝާން ކައްތަރު އާއި ތާރާ ސުތާރިއާގެ އައު ޕްރޮޖެކްޓް 'ނޭޗާ ފޮ ނޭޗާ'ގެ ޓީޒާއެއް ދައްކާލައިފިއެވެ.

މި ޓީޒާއިން ފެންނަނީ އިޝާން އާއި ތާރާ އޮފީހެއްގައި ތިބެފައި މުޅިން އެހެން ސަރަހައްދަކަށް ޓެލެޕޯޓްވާ މަންޒަރެވެ. މި ވީޑިއޯ ޝެއާކޮށް ދެ ތަރިންގެ ޕޯސްޓުގައި ޖަހާފައިވަނީ ގުދުރަތީ ދުނިޔެއަކަށް ދާން ތައްޔާރުތޯއެވެ. އަދި އިތުރު މައުލޫމާތު މި މަހު ފަހުކޮޅު ލިބޭނެ ކަމަށެވެ.

އިޝާން ބުނި ގޮތުގައި، މި ޕްރޮޖެކްޓުގެ މަސައްކަތް ކޮށް ހިއްސާކުރެވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި، ތާރާ ވަނީ ގުދުރަތީ ކަންކަން ބަލައި ހެދުމަކީ ތަފާތު ތަޖުރިބާ އެއް ކަމަށާއި އޮކްޓޯބަރު 31ގެ 'ބިގް ރިވީލް' އަށް ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ.

މިއީ ޔަޝް ބިރުލާ ވެންޗުއާސް އާއި ޕްރޮޑިއުސަރު އާނަންދު ޕަންޑިޓްގެ ޕްރޮޖެކްޓެކެވެ.

ތާރާ އާއި އިޝާން އެކުގައި މި ފިލްމުން ފުރަތަމަ ފަހަރަށް ފެންނައިރު، ދެ ތަރިންވެސް ދަނީ އެކި ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އިޝާންގެ 'ފޯން ބޫތު' އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާއިރު 'ޕިއްޕާ' ޑިސެމްބަރުގައި އަޅުވާނެއެވެ. ތާރާ އެންމެ ފަހުން ފެނުނީ 'އެކް ވިލަން 2' އިންނެވެ. އޭނާ ދަނީ 'އަޕުރްވާ'ގެ މަސައްކަތް މިހާރު ކުރަމުންނެވެ.

View this post on Instagram

A post shared by TARA

commentކޮމެންޓް