18 Oct 2022, 09:07
ޓްރީ ޓޮޕް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުޅުދުއްފުށީގެ ސްކޫލްތަކުގެ ބެލެނެވެރިންނަށް ޚާއްސަކޮށްގެން އަނގައިގެ ސިއްހަތާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
އަފީފުއްދީން ސްކޫލް ހޯލްގައި މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް ޑެންޓިސްޓް ޑރ. އާއިޝާ ނިހާއެވެ. މި ސެޝަނުގައި ކުޅުދުއްފުށީގެ ބެލެނެވެރިންނަށް ހިއްސާކޮށްފައިވަނީ 14 އަހަރުން ދަށުގެ ކުދިން އަނގައިގެ ސިއްހަތާ ބެހޭ މައުލޫމާތާއި، ރައްކާތެރިވެވޭނެ ގޮތްތަކާއި އާންމުކޮށް ކުރެވޭ ސަވާލާއި ޖަވާބުތަކެވެ. މި މައުލޫމާތު ދިނުމުގެ ސެޝަނުގެ މައިގަނޑު މަގްސަދަކީ އަނގައިގެ ސިއްހަތާ ބެހޭ ގޮތުން ހޭލުންތެރިކަން އުފެއްދުމެވެ.

ޑރ. އައިޝާ ނިހާ ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން -- ފޮޓޯ/ ޓްރީ ޓޮޕް
ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީޑިއެޓްރިކް ޑެންޓަލް ޚިދުމަތްތައް ފޯރުކޮށްދެއްވާނީ ޕީޑިއެޓްރިކް ޑެންޓިސްޓް، ޑރ. އައިޝާ ނިހާ އިބްރާހީމެވެ. އޭނާއަކީ ޕަރުތާ ޑެންޓަލް ބެންގަލޫރު ހޮސްޕިޓަލުގެ 10 ބްރާންޗެއްގައި މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރު ޑެންޓިސްޓެކެވެ.
އޭނާ ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އޭބީ ޝެޓީ މެމޯރިއަލް އިންސްޓިޓިއުޓް އޮފް ޑެންޓަލް ސާވިސެސް އިން ބެޗްލާސް އޮފް ޑެންޓަލް ސާޖަރީ ފުރިހަމަކުރައްވައި، ހަމަ އެ ސިޓީގެ ޔެނެޕޮޔާ ޑެންޓަލް ކޮލެޖުން މާސްޓާސް އޮފް ޑެންޓަލް ސާޖަރީ (ޕީޑޯޑޮންޓިކްސް އެންޑް ޕްރިވެންޓިވް ޑެންޓިސްޓްރީ) ހާސިލުކުރައްވައިފައެވެ.
ޑރ. އައިޝާ ނިހާ އިބްރާހީމަކީ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ފަރިތަ، ކުއްޖާގެ ބޭނުންތަކަށް ބިނާކޮށް ޚިދުމަތް ފޯރުކޮށްދެއްވާ ޕީޑިއެޓްރިކް ޑެންޓިސްޓެއެކެވެ.

ޑރ. އައިޝާ ނިހާ ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން --- ފޮޓޯ/ ޓްރީ ޓޮޕް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް މެޑިސިން ޑިޕާޓްމެންޓުން ދޭ ޚިދުމަތްތަކާއި ފަރުވާ މިހާރަށް ވުރެ ވެސް ރަނގަޅު ކުރުމަށް ޓަކައި މި ޑިޕާޓްމެންޓުން ދާނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އުކުޅުތައް ބޭނުން ކުރަމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ކޮންސަލްޓެންޓުން އިސްކޮށް މަސައްކަތް ކުރައްވާ، ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ ސިއްހީފަރުވާ ފޯރުކޮށްދިނުމަށް ޓަކައި މަސައްކަތް ކުރާ ސްޕެޝާލިޓީ ހޮސްޕިޓަލެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުމުން ނުވަތަ އެ ހޮސްޕިޓަލުގެމެއިލްއަށްމެއިލް ކުރުމުން ލިބޭނެއެވެ.