ކޯޓް އަމުރެއްގެ ދަށުން ގެއެއް ފާސްކޮށް މަސްތުވާތަކެއްޗާއެކު މިރޭ ވެސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ހައްޔަރު ކުރީ މ. މިދިލި މާގޭ އަލީ ރަޝީދު 48، އެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން މ. ފަޑިއްގެ ބަލައި ފާސް ކުރުމަށްފަހު އެނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަކުރު ޕެކެޓާއެކު އެވެ.