ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީން މިރޭ ހިފަހައްޓައިފިއެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހާދިސާ ހިނގާދިޔަ ގޮތް ބަލަމުން ދާ ކަމަށެވެ. އަދި އެކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި އިތުރު މައުލޫމާތެއް ވެސް ކަރެކްޝަނަކުން ނުދެއެވެ.

ހިންމަފުށީ ޖަލުގައި ތިބެނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކުގައި ހިމެނޭ ގައިދީންނެވެ.