18 Oct 2022, 09:29
އިންޓަނެޓުގައި އެންމެ ބޮޑު ހަތުރުންނަށް ހަދާފައިވާ ހޮލީވުޑް ތަރިން ކަމަށްވާ ސެލީނާ ގޮމޭޒް އާއި ހެއިލީ ބީބާ އެންމެނަށް ބޮޑު ރައްދެއް ދެމުން އެކީގައި ފޮޓޯ ނަގައިފިއެވެ.
މި ހުރިހާ ޑްރާމާއެއް ފެށިފައިވަނީ ސެލީނާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ ދެމެދު އޮތް ގުޅުމުގެ ސަބަބުންނެވެ. ސެލީނާ އާއި ޖަސްޓިން އާ ރަށްޓެހިވެގެން އުޅެ އެކި ފަހަރު މަތިން ރުޅިވެފައިވާއިރު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ގިނަ ބަޔަކު އުއްމީދު ކުރަމުން އައީ ދެމީހުން އެކީގައި އުޅޭނެ ކަމަށެވެ.
ނަމަވެސް ހުރިހާ ފޭނުން ސިއްސުވާލީ ޖަސްޓިން ބީބާ މޮޑެލް ހެއިލީ އާ ރަށްޓެހިވި ހިސާބުންނެވެ. އެއަށްފަހު ދެމީހުން އެކީގައި އުޅެމުން ވެސް ބްރޭކެއް ތެރެއިން ޖަސްޓިން ބީބާ އާއި ސެލީނާ ގުޅުނެވެ. ނަމަވެސް ދެން މާ ގިނަ ދުވަސްތަކެއް ނުވެ ދެމީހުން ވަނީ 2018 ވަނަ އަހަރު ކައިވެނިކޮށްފައެވެ.
މި ހުރިހާ ކަމަކާ ގުޅިގެން މުޅި މީޑިއާ އާއި ސެލީނާ އަދި ޖަސްޓިންގެ ފޭނުން ވަނީ ސެލީނާ އާއި ހެއިލީ ބޮޑު ދެ ހަތުރުންނަށް ހަދާފައެވެ. އަދި ސެލީނާ އާއި ޖަސްޓިން އާ އެކުގައި އުޅުނު އިރު އެ ދޭތެރެއަށް ހެއިލީ ވަން ކަމަށް ބުނެ މީޑިއާތަކުން ވެސް ސުވާލުކޮށް އުޅުނެވެ.
އެ ވާހަކަތައް ދެކެވުން އިރުން ހެއިލީ އާއި ސެލީނާ އާ ދުވަހަކު ވެސް ދިމާވެފައެއް ނުވެއެވެ. އަދި ދެމީހުންގެ މެދުގައި އެއްވެސް ކަހަލަ މުއާމަލާތެއް ވެސް ހިނގާފައެއް ނުވެއެވެ.
އެންމެފަހުން މީހުންގެ ސުވާލުތަކަށް ދެމީހުން ދީފައިވަނީ ވަރުގަދަ ރައްދެކެވެ. ހަތުރުންނަށް ހަދައިގެން އިންޓަނެޓުން އުޅުނު ދެ ތަރިންނަކީ އެއްވެސް ވަރަކަށް އެކަކު އަނެކަކު ދެކެ ނަފުރަތު ކުރާ ދެމީހުން ނޫން ކަން ސާބިތު ކޮށްދިނީއެވެ.
ލޮސް އެންޖެލެސްގައި އާދިއްތަ ދުވަހުގެ ރޭ އޮތް އެކެޑެމީ މިއުޒިކް ގާލާގެ ތެރެއިން ދެމީހުން ދިމާވިއެވެ. އަދި ދެމީހުން އެކީގައި ވަރަށް ގާތްކޮށް ތިބެ އެކުވެރިކަމާއެކު ފޮޓޯތަކެއް ވަނީ ނަގާފައެވެ. އަދި ސެލީނާ އާއި ހެއިލީ އާ ދެމެދު އެއްވެސް ކަހަލަ ނަފުރަތެއް ނެތްކަން ވެސް ވަނީ ސާބިތުކޮށްދީފައެވެ.