Last Updated:
3 year 1 month ago

ޝާހިލްގެ ފޯނު ހުޅުވިއްޖެ، މަރާލި ސަބަބު ހޯދޭނެ ކަމަށް ބެލެވޭ: ފުލުހުން

    ބުލޮގު ޚުލާސާ

    މަރުގެ މައްސަލަތަކާ ގުޅޭގޮތުން ފުލުހުން ބާއްވާ ނިވްސް ކޮންފަރެންސްގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    10:49

    ޝިއާއު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ ފޯނު ހުޅުވިފައިވާ ކަމަށާއި އެ ފޯނުގެ އެހީގައި މަރާލި ސަބަބު ހޯދޭނެ ކަމަށް ބެލެވޭ ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި

    10:46

    އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް

    ޝިއާއުގެ ހަށިނޑަށް ދީފައިވާ އަނިޔާތަކަކީ ގަސްދުގައި ދީފައިވާ އަނިޔާތަކެއްކަން ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފައިވޭ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އެ އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން ދަލީލުކޮށްދޭ

    އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް --- ސަން ފޮޓޯ
    10:44

    ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން މަރުވެފައިވާ ފޮޓޯ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯއަކީ އޭނާގެ ފޮޓޯއެއް ނޫން ކަމަށް ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވިދާޅުވި. މަރުވެފައި އޮއްވާ ފެނުނު ހަށިގަނޑަކީ އަޒުހާންގެ ހަށިގަނޑުކަން ޑީއެންއޭ އިން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި

    10:41

    ޝިއާއު މަރާލުމަށްފަހު ވެސް އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވިދާޅުވި

    10:39

    ޏ. ފުވައްމުލައް ކުރި ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލަ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވޭނެ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި

    ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު --- ސަން ފޮޓޯ
    10:34

    ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު

    އއ. މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު ގެއްލުނު މައްސަލައިގައި އޭނައާ އެކު ދަތުރުކުރި އަލީ މުހައްމަދުގެ ފަރާތުން މައުލޫމާތު ހޯދަމުން މިދަނީ.

    އެ މީހުންގެ ދަތުރާ ބެހޭގޮތުން މިހާތަނަށް ލިބެނީ ސައްހަ މައުލޫމާތެއް ނޫން.