15 Oct 2022, 17:15

އިންސާނުންގެ ބޯމަތީގައި ކާށި ބައިންދައިގެން، މާޝަލް އާޓްސްގައި ބޭނުންކުރާ ނަންޗާކޫ ބޭނުންކޮށްގެން ކާށި ފެޅުމުގެ ދުނިޔޭގެ ރެކޯޑު އިންޑިއާގެ މާޝަލް އާޓިސްޓް ކޭވީ ސައިދަލާވީ މުގުރާލައިފިއެވެ.
ސައިދަލާވީގެ ވަށައިގެން ހަ މީހުން ބައިތިއްބައިގެން، އެއިން ކޮންމެ މީހެއްގެ ބޯމައްޗަށް ކާއްޓެއް ލުމާއެކު އެ ކާށި ނަންޗާކޫ ބޭނުންކޮށްގެން ބޮލަށް ގެއްލުމެއް ނުދީ ކާށި ފަޅާލައިގެން މި ރެކޯޑް ހެދީ އެއް މިނެޓްގެ ތެރޭގައި ޖުމްލަ 42 ކާށި މިގޮތަށް ފަޅާލައިގެންނެވެ.

މާޝަލް އާޓްސްގެ ދާއިރާއިން ދުނިޔޭގެ އިތުރު ފަސް ރެކޯޑެއް ވެސް ޤާއިމްކޮށްފައިވާ ސައިދަލާވީގެ މިފަހަރުގެ ރެކޯޑްގެ ވީޑިއޯ ގިނިސް ވޯލްޑް ރެކޯޑްސް އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޢާންމުކޮށްފައެވެ.