13 Oct 2022, 19:40
ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭއަށް ގެނައި ފަހުގެ އާ ބަދަލާއިއެކު އޯޓީޕީ ސްކްރީންގެ ޑިޒައިން ބަދަލުވެއްޖެއެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކްގެ ޕޭމަންޓް ގޭޓްވޭއަށް ދާދިފަހުން ގެނެވުނު ބަދަލާއިއެކު، ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފެންނަ ސްކްރީނުގެ ޑިޒައިނަށް ބަދަލުގެނެސްފައިވާ ކަމަށެވެ. މިގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި، ގެނެވުނު ބަދަލު ކަސްޓަމަރުންނަށް ފެނިގެންދާނޭކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭއިން މިހާރު އޯޓީޕީ ފެންނަ ސްކްރީން ޑިޒައިން އިންނަނީ ހުދުކުލައިންނެވެ.

ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ އައު އޯޓީޕީ ޕޭޖް ޑިޒައިން
މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަމަރުން އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބީއެމްއެލުން އިލްތިމާސްކުރެއެވެ.
ބީއެމްއެލްއިން، އޯޓީޕީ ފެންނަ ސްކްރީނުގެ ޑިޒައިނަށް ބަދަލުގެނެސްފައިވާ، އެ ބޭންކުން ވަނީ އެމެރިކަން އެކްސްޕްރެސް ކުރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުން އޮންލައިން މުއާމަލާތްތައް ކުރާއިރު ސެކިއުރެޓީ ކޯޑުގެ ގޮތުގައި ހަތަރު އަކުރުގެ ކޯޑެއް ޖަހަން ޖެހޭގޮތަށް ވެސް ބަދަލުގެނެސްފައެވެ.

އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުގެ ނަމޫނާއެއް
އެމެރިކަން އެކްސްޕްރެސް ކާޑުގެ ހަތަރު ނަމްބަރުގެ ކޯޑު ހިމެނިފައިވަނީ ކާޑުގެ އަސްލު ފުށުގައެވެ. ބީއެމްއެލުން ގެނައި މި ބަދަލާއިއެކު ކާޑުގެ ފަހަތުގައިވާ ތިން ނަމްބަރުގެ ކޯޑު ބޭނުންކޮށްގެން ކުރިން ކުރަމުންއައިގޮތަށް މުއާމަލާތްތައް ނުކުރެވޭނޭ ކަމަށް އެ ބޭންކުން ބުނެއެވެ.