03 Apr 2012, 15:40
ކުރިން ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އާދަމް ޒާލިފު އެކޮނިމިކް މިނިސްޓްރީގެ ނައިބުކަން ދެއްވައިފި އެވެ. ޒާލިފަލީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
އުމުރުން 24 އަހަރުގެ ޒާލިފަށް މަގާމު ދެއްވިކަން ރައީސް އޮފީހުން ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ޒާލިފަށް މަގާމު ދެއްވައި އޭނާއަށް ރައީސުލް ޖުމްހޫރިއްޔާ މިދިއަ ހޯމަ ދުވަހު ފޮނުއްވެވި ސިޓީ ވަނީ މިއަދު އެފްބީގައި އާންމުކޮށްފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ޒާލިފުގެ އިހުލާސްތެރި ހިދުމަތް ސަރުކާރަށް ލިބެމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ ވިދާޅުވީ ޒާލިފު ކިޔާ ބޭފުކަށް އިކޮނޮމިކް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރުކަން ދެއްވާފައިވާ ކަމަށެވެ.