ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް މާލޭގައި އިތުރު ވޯޓް ފޮއްޓެއް ބެއްޓުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 14 ގައި އޮންނަ ތިމަރަފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ތިމަރަފުށީ މީހުން ވޯޓުލުމަށް މާލޭގައި ވަކިން ފޮއްޓެއް ބަހައްޓާ ގޮތަށް މިހާރު ހަމަޖައްސާފައި ކަމަށެވެ.

އަދި ތިމަރަފުށީ ދާއިރާ އަށް ވޯޓުލުމަށް އެ ދާއިރާގެ ހިމެނޭ ގުރައިދޫ އަދި ގާދިއްފުށީ މީހުނަށް މަލޭގައި ވަކިން ވޯޓު ފޮއްޓެއް ބައްޓާފައިވާ އިރު އެދުވަހު އޮންނަ ރައްޔިތުންގެ މަޖީލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުނަށް ބައްޓާފައި ވަނީ އެއް ފޮއްޓެވެ.

މީގެ އިތުރުން ހދ. ކުމުންދޫ ރަށު ކައުންސިލް ބައި އިލެކްޝަނުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން ވެސް ވޯޓުލުމަށް ހަމަޖައްސާފައި ވަނީ ކާށިދޫ ދާއިރާއަށް ހާއްސަކޮށްފައިވާ ވޯޓް ފޮއްޓަށް ކަމަށް އިލެކްޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލޭގައި ވޯޓްލުމަށް އިތުރު ވޯޓު ފޮއްޓެއް ހަމަޖެއްސީ މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ވޯޓުލާއިރު ހުންނާނެ ތަނެއްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހަށް މިދިޔަ ބްރާސްފަތި ދުވަހުގެނިޔަލަށް ވަނީ ހަމަވެފަ އެވެ.

ކާށިދޫ ދާއިރާއަށާއި ހދ. ކުމުންދޫ މީހުނަށް ހާއްސަ ކޮށްގެން މަލޭގައި ބަހައްޓާ ފޮށި ބެއްޓުމަށް ހަމަޖައްސާފައި ވަނީ އަމީނިއްޔާ ސްކޫލުގަ އެވެ. އަދި ތިމަރަފުށީ ދާއިރާ އާށާއި ގާދިއްފުށީ މީހުންނަށް ހައްސަކޮށްގެން ބަހައްޓާ ވޯޓު ފޮށި ހުންނާނީ އިސްކަންދަރު ސްލޫކުގައި ކަމަށް ވެސް އިލެކްޝަނުން ބުނެ އެވެ.